Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޑރ. މުޙައްމަދު އަލީގެ ވަރުގަދަ އިންޒާރެއް: ރާއްޖެ އަޑިޔަށް ދިޔުމުގެ ކުރިން އާބާދީގެ ބޮޑުބައި ނުކުޅެދިދާނެ

ޑރ. މުޙައްމަދު އަލީގެ ވަރުގަދަ އިންޒާރެއް: ރާއްޖެ އަޑިޔަށް ދިޔުމުގެ ކުރިން އާބާދީގެ ބޮޑުބައި ނުކުޅެދިދާނެ

ދެހާސް ސަތޭކައިގެ އަހަރުތަކުގެ ކުރިން އާބާދީގެ ބޮޑުބައި މަރުވުން ނުވަތަ ނުކުޅެދިދާނެ ކަމަށް އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހެދި "ސްޓެޕް ސާވޭ 2020-2021" އާ ގުޅިގެން ޑރ. މުޙައްމަދު ވިދާޅުވީ ރާއްޖެ ކަނޑު އަޑިއަށް ދިއުމުގެ ކުރިން، 2100 ވަނައަހަރާ ހަމައަށް ދާއިރު ދިވެހިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަރުވެ، ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެދާނެ ކަމަށެވެ. 

https://twitter.com/moxamedalu/status/1589653037492338689?s=46&t=q68TwpB1MsDs37DC2nAuCQ

އެގޮތުން ދިވެހިންގެ ތެރެއިން ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ކަމަށާއި ދުންފަތުގެ އިސްތިއުމާލު ކުރާ އެންމެ ކުޑަ އުމުރަކީ 8 އަހަރު ކަމަށް ދިރާސާގައިވެއެވެ.

Advertisement
HDC — Sidebar (box)

އަދި ކޮންމެ 20 މީހަކުން އެކަކު ހަޔާތުގައި މަދުވެގެން އެއްފަހަރު ރާ ބޯކަމަށާއި ކޮންމެ ދެމީހަކުން އެކަކު ދުވާލެއްގެ މައްޗަށް 5 ބާވަތުގެ މޭވާ ނުވަތަ ތަރުކާރީ ކައިއުޅޭ ކަމަށްވެސް އެ ދިރާސާގައިވެއެެވެ.

https://twitter.com/moxamedalu/status/1589653041061711875?s=46&t=q68TwpB1MsDs37DC2nAuCQ

މީގެ އިތުރުން ދިވެހިންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކީ ކާއެއްޗިއްސަށް މާ ގިނައިން ލޮނު އަޅާ، ކޮލެސްޓްރޯލް މަތި މީހުން ކަމަށާއި 50 އިންސައްތަ ދިވެހިން ޑަބްލިއުއެޗްއޯއިން އިރުޝާދުދޭ މިންގަނޑާ އެއްވަރަށް ކަސްރަތު ނުކުރާ ކަމަށްވެސް ބުނެފައިވެއެވެ.

https://twitter.com/moxamedalu/status/1589653044572356608?s=46&t=q68TwpB1MsDs37DC2nAuCQ

50 އިންސައްތަ މީހުންނަކީ ބަރުދަން މަތި މީހުން ކަމަށާއި ކޮންމެ ހަތަރު ދިވެހިންގެ ތެރެއިން އެކަކީ ލޭ މައްޗަށް ދާ މީހުން ކަމަށްވެސް ބުނެފައިވެއެެވެ. އަދި 14 އިންސައްތަ މީހުންނަކީ ހަކުރު ބަލި ހުންނަ މީހުން ކަމަށާއި އުމުރުން 45 އަހަރާއި 69 އަހަރުގެ މީހުންގެ ތެރެއިން 50 އިންސައްތަ މީހުންނަކީ ހިތުގެ ބަލިތައް ތަހައްމަލު ކުރަން ޖެހޭ މީހުން ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް