ބޮލީވުޑް

ގިނައިރު ފޯނާ ކުޅުމުން ލޮލަށް ތަދުވޭތަ؟ ޝިލްޕާ މި ކިޔައިދެނީ ޙައްލު

ރައުފާ ރަޝީދު ، ދެން އޮންލައިން

ގިނައިރު ފޯނާ ކުޅުމުން ލޮލަށް ލިބޭ ގެއްލުމުން ދުރުކޮށްދޭނެ ގޮތް، ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީ ކިޔައިދީފިއެވެ.

Ads by Sosun Fihaara

ކޮމްޕިއުޓަރ ވިޝަން ސިންޑްރޯމްއާ ބެހޭ ގޮތުން ވީޑިއޯއެއް އާންމު ކުރަމުން ޝިލްޕާ ބުނީ ސްކްރީންތަކަށް މެދުނުކެނޑި އެކްސްޕޯޒްވުމުގެ ސަބަބުން ހިކި، ލޯ ރަތްވުން ފަދަ މައްސަލަތައް ދިމާވާ ކަމަށެވެ. އަދި މިހާރު އެއަށް އާންމުކޮށް ކިޔަނީ "ކޮމްޕިއުޓަރ ވިޝަން ސިންޑްރޯމް" ކަމަށް ބުންޏެވެ.

ކްލީންސިން ރޫޓިން ކުރުމަށް ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއް ހުސްކުރަން ޝިލްޕާ ވަނީ އިލްތިމާސްކޮށްފައެވެ. އެވަގުތު ސްކްރީނާ މުޅިން ދުރަށް ޖެހުމަށް ފަހު އިނގިލިތައް ބޭނުންކޮށްގެން ލޮލުގެ ވަށައިގެން ރަނގަޅަށް މަސާޖް ކުރުމުން ލޮލަށް ދިމާވާ އުނދަގޫތަކުން ދުރުވާނެ ކަމަށް ޝިލްޕާ ބުންޏެވެ. މި ރޫޓިންގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދޭނެކަން ފާހަގަކޮށް، އޭނާ ބުނީ، މިކަމުގެ ސަބަބުން، ލޯ ކައިރިއަށް ލޭ ދައުރުވުން އިތުރުކޮށް، ކޮންސެންޓްރޭޝަން ރަނގަޅުކޮށްދޭނެ ކަމަށެވެ.

ޝިލްޕާގެ ފިލްމީ ދުނިޔޭގެ މަސައްކަތްކަށް ޖެހިލާއިރު، އޭނާ އަންނަނީ ވެބް ދާއިރާއަށް ނުކުންނަން  ތައްޔާރުވަމުންނެވެ. ސިދާތު މަލްހޯތުރާ އާއި ވިވެކް އޮބެރޯއީއާ އެކު ސްކްރީން ހިއްސާކުރާ ކޮޕް އެކްޝަން ޑްރާމާ ޝޯ "އިންޑިއަން އެއާފޯސް" އިން ޝިލްޕާ ފެނިގެން ދާނެއެވެ. ރޯހިތު ޝެޓީ ޕްރޮޑިއުސްކުރާ މި ސީރީޒް އަންނަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ދައްކަން ފަށާނެ ކަމަށް ބެލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!