Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސަމާލުވޭ، އަލިފާނުގެ ޙާދިސާއާ ގުޅޭ ވީޑިއޯތައް ކަމަށް ބުނެ ސްކޭމް ލިންކުތަކެއް!

ސަމާލުވޭ، އަލިފާނުގެ ޙާދިސާއާ ގުޅޭ ވީޑިއޯތައް ކަމަށް ބުނެ ސްކޭމް ލިންކުތަކެއް!

އަލިފާނުގެ ޙާދިސާއާ ގުޅޭ ވީޑިއޯތައް ކަމަށް ބުނެ ސްކޭމް މެސެޖުތައް ދައުރުކުރާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، މި ޙާދިސާއާ ގުޅޭ ވީޑިއޯތައް ކަމަށް ބުނެ، އެކި އެކި ސްކޭމްތައް ފޮނުވަމުންދާކަމަށެވެ. އެގޮތުން އެކި ލިންކްތައް މެދުވެރިކޮށް ޙާދިސާއާ ގުޅޭ އިތުރު މަންޒަރުތަކާއި ވީޑިއޯތައްކަމަށް ބުނެ، ސްކޭމްތައް ދައުރުކުރަމުންދާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ އެފަދަ ކަންކަމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކުރައްވައިފައެވެ.

Advertisement
Ooredoo — Truecaller (box)

ރޭ ދަންވަރު 00:30 ހާއިރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ. ސެންރޯސްގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައެވެ.

މި ގަރާޖު ހުންނަ ގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެނީ ހުސް ބިދޭންސންނެވެ. އަދި މި ހާދިސާގައި މިހާތަނަށް މަރުވި އެންމެނަކީވެސް ހުސް ބިދޭސީންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް