Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަލިފާނުގެ ހާދިސާ: ކޮންމެ އެނދެއް ކައިރީގައި ގޭސް ފުޅިއެއް، 28 ކޮޓަރި އާއި އެއް ކުޑަދޮރު

އަލިފާނުގެ ހާދިސާ: ކޮންމެ އެނދެއް ކައިރީގައި ގޭސް ފުޅިއެއް، 28 ކޮޓަރި އާއި އެއް ކުޑަދޮރު

ރޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ދެވަނަ ފަންގިފިލާ ހުރީ ވަރަށް ބޮޑަށް ބެދިފައި ކަމަށާއި އެތަނުގައި ބަހައްޓާފައިހުރި ކޮންމެ އެދެއްގެ ކައިރީގައި ގޭސް ފުޅިއެއް ހުރިކަން ހާމަވެއްޖެއެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެސްގައި ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވީ އެ ގަރާޖަކީ ޢާންމު ގޮތެއްގައި ވެހިކަލް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އައި ތަނެއް ކަމަށެވެ.

އަދި އެތަނުގައި ވަރަށް ބައިވަރު ގޭސް ސިލިންޑަރުތައް ހުރި ކަމަށާއި ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ބިދޭސީން ކައްކަން ކޮންމެ އެނދެއް ކައިރި ކަހަލަ ގޮތަކަށް ގޭސް ފުޅިއެއް ބަހައްޓާފައި ހުރި ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

”އެމީހުން ދިރިއުޅެމުން އައީ ކުދި ކުދި ބިސީތަކެއް ގޮތަށް. ވަރަށް ތޮއްޖެހިފަ ހުންނަ ގޮތަށް މިތަން އިމާރާތްކޮށްފަ މިހުރީ. މިއިމާރާތުގެ ކޮޓަރިތަކުގައި ހުރީ އެންމެ ވެންޓިލޭޓަރެއް” ރަޝީދު ވިދާޅުވިއެވެ.

އަލިފާންގަނޑު ބޮޑުވެ އަވަހަށް ކޮންޓްރޯލް ކުރަން އުނދަގޫވީ ގިނަ އަދަދެއްގެ ގޭސްފުޅިތައް ގޮވައިގެން ކަމަށް އެމްއެންޑީއެފް  މަޢުލޫމާތުދީފައިވެއެވެ.

އެ އިމާރާތް ހުރި ސަރަހައްދުގައި ތިބި ގިނަ މީހުން ބުނާ ގޮތުގައި މި ހާދިސާގައި ގިނަ ބަޔަކު މަރުވީ އެތަނުން ނުކުމެވޭނެ ގޮތެއް ނެތި ތާށިވެގެން ކަމަށް ބެލެވޭ ކަމަށެވެ. އެ ބްލޮކަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ވަރުގެ ތަނެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނީ އަލިފާންގަނޑު ގަރާޖުގައި ރޯވެފައި ހުރިކަން، މަތީގައި އުޅޭ މީހުންނަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެނގުނު ކަމަަށެވެ. ނަމަވެސް އެތަނުން ނިކުމެވޭނެ ގޮތެއް ނެތިގެން ވަރަށް ބާރަށް ރުއި އަޑު އިވުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް