Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަލިފާނުގެ ހާދިސާ: ކޮއްކޮ އާއި ކޮއްކޮގެ އަންހެނުން ހޯދަމުން ދިޔައިރު އޮތީ މަރުވެފަ

އަލިފާނުގެ ހާދިސާ: ކޮއްކޮ އާއި ކޮއްކޮގެ އަންހެނުން ހޯދަމުން ދިޔައިރު އޮތީ މަރުވެފަ

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލުފާނުގެ ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ ކޮއްކޮ އާއި ކޮއްކޮގެ އަންހެނުން މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

“ވަގުތު”ނޫހަށް މަޢުލޫމާތު ދެމުން އެ ފިރިހެން މީހާ ބުނީ އެ ދެމީހުންނަކީ އިންޑިއާގެ އުއްތުރަ ޕްރަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމަށެވެ. ކޮއްކޮ އާއި ކޮއްކޮގެ އަންހެނުންގެ ފިހިފައިވާ ހަށިގަނޑު އޭނާއަށް ވަނީ ފެނިފައެވެ. އަދި ފުލުހުންނަށް އެއީ އެ ދެމީހުންކަންވެސް އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި މިހައިތަނަށް ޖުލްމަ 10 މީހަކު ވަނީ ނިޔާވެފައެވެ. އެމީހުން މަރުވާން ދިމާވި އެއް ސަބަބަކަށް އެ ގަރާޖުގައި ހުރި ތަކެތި ވާނެ ކަމަށް ބެލެވެއެވެ. އަލިފާން ހިފާ ޒާތުގެ އެތައް ސާމާނެއް ހުރި އިރު އެތަނުގައި ހުރި ކޮންމެ އެދެއްގެ ކައިރީގައި ގޭސް ފުޅިއެއް ހުރި ކަމަށް އެމްއެންޑީއެފުން ހާމަކުރެއްވިއެވެ.

Advertisement
Ooredoo — Truecaller (box)

އެ ގަރާޖާ ގުޅޭ ގޮތުން މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި ނިރުފެހިގެ އެންމެ ފުރަތަމަ ހަދާފައި ހުރީ ގްރައުންޑް ފްލޯ ހިމެނޭހެން ދެބުރިއަށެވެ. ނަމަވެސް ފުރަތަމަ ފަންގިފިލާގައި ބިދޭސީން ދިރިއުޅެން ފެށުމުން އިތުރު މީހުން ތިބެވޭ ގޮތަށް ފުރަތަމަ ބުރީގައި ލަކުޑިން ޑެކެއް އަޅައި އިތުރު ފްލޯއެއް ހަދާފައިވެއެވެ. އެންމެ ތިރީގައި ހިންގަނީ ވެހިކަލް ގަރާޖެކެވެ.

އެ އިމާރާތް ހުރި ސަރަހައްދުގައި ތިބި ގިނަ މީހުން ބުނާ ގޮތުގައި މި ހާދިސާގައި ގިނަ ބަޔަކު މަރުވީ އެތަނުން ނުކުމެވޭނެ ގޮތެއް ނެތި ތާށިވެގެން ކަމަށް ބެލެވޭ ކަމަށެވެ. އެ ބްލޮކަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ވަރުގެ ތަނެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް