Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

22 އަހަރުގެ ނާނީ, ވަކިވެ ދިޔައީ ރާއްޖެ އައިތާ އެންމެ މަހެއް ތެރޭ

22 އަހަރުގެ ނާނީ, ވަކިވެ ދިޔައީ ރާއްޖެ އައިތާ އެންމެ މަހެއް ތެރޭ

އުމުރުން އެންމެ 22 އަހަަރުގެ ނާނީ ރާއްޖެ އައީ މީގެ އެއްމަސް ކުރިންނެވެ. ބައްޕަގެ އެދުމުގެ މަތިން ނާނީ ރާއްޖެ އައީ ރަނގަޅު ވަޒީފާއެއް ލިބުމުން ފޮނި ހުވަފެންތަކެއް ދެކިގެންނެވެ. ނަމަވެސް ތަގުދީރު ނިޔާ ކުރީ މުޅިން އެހެން ގޮތަކަށެވެ. ޒުވާން ކޮއްކޮގެ ވަކިވުން ވެގެން ދިޔައީ އާއިލާއަށް ލިބުނު ބޮޑު ހިތާމައަކަށެވެ.

އިންޑިއާގައި އުޅޭ ނާނީގެ މަންމައަށް ހަބަރު ދިނުމުން މަންމަގެ ހާލު ދެރަވިއެވެ. ވާނީވެސް އެހެންތާއެވެ. މައިމީހާއަށް އަދި އާއިލާއަށް އެމީހުންގެ ލޯބިވާ ކޮއްކޮ ދުނިޔެއާ ވަކިވެ ދިޔަ އަޑު އަހަން ކެތްވާނީ ކިހިނަކުންބާވައެވެ. ފިހިފައިވާ ހަށިގަނޑު ޒަޚަމްތަކާއެކު ފެނުމުނެ ކުރާނެ އަސަރު ވިސްނާލަމާތޯއެވެ.

ނާނީގެ ދައްތަ ބުނި ގޮތުގައި މަންމައާ ނާނީ ވަރަށް ވައްތަރުވާނެއެވެ. ހުންނާނީ ދިގުކޮށް ދޮންކޮށެވެ. ނާނީ ދިރިއުޅެމުން ދިޔައީ އަލިފާން ރޯވި ގަރާޖުގެ މަތީގައި ހުންނަ ފަންގިފިލާގައެވެ. އެތަނުގައި ނާނީއާ އެކީ އިތުރު އެހެން ބަޔަކުވެސް އުޅެއެވެ.

Advertisement
HDC — Sidebar (box)

ނާނީގެ އިތުރުން އާއިލާގެ އެހެން މެމްބަރަކުވެސް މި ހާދިސާގައި ވަކިވެ ދިޔަ ކަމަށް ނާނީގެ ދައްތަ ބުންޏެވެ.  އެއީ ދައްތައެއްގެ ފިރިމީހާ ކަމަށާއި އޭނާ ރާއްޖޭގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ދައްތަ ކިޔައިދިނެވެ. "އެއް އާއިލާއެއްގެ ދެމީހުން މަރުވީ. ވަރަށް ދެރަ" ދައްތަ ބުންޏެވެ. އެއްތަނެއްގައި ގިނަބަޔަކު އުޅެންޖެހި، ސަލާމަތްވާނެ ގޮތެއް ނެތި، މަރުވެދިޔައީ އުޅެންޖެހުނު ހާލުންކަން އެމީހުންވެސް ގަބޫލުކުރެއެވެ.

އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ގޭގައި ރޯވެ ހިނގި އަލުފާނުގެ ހަަދިސާ އަކީ މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ. އެ ހާދިސާގައި މިހައިތަނަށް ޖުލްމަ 10 މީހަކު ވަނީ ނިޔާވެފައެވެ. އަލިފާން ހިފާ ޒާތުގެ އެތައް ސާމާނެއް އެ ގަރާޖުގައި ހުއްޓެވެ. ކޮންމެ އެދެއްގެ ކައިރީގައި ގޭސް ފުޅިއެއް ހުރި ކަމަށް އެމްއެންޑީއެފުން ހާމަކުރެއްވިއެވެ. އަލިފާންގަނޑު ގަރާޖުގައި ރޯވެފައި ހުރިކަން، މަތީގައި އުޅޭ މީހުންނަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެނގުނު ނަމަވެސް އެތަނުން ނިކުމެވޭނެ ގޮތެއް ނެތިގެން އެތެރޭގައި ތާށިވީއެވެ. މިއީ ކޮންފަދަ ހިތްދަތިކަމެއް ގެނުވި ނިމުމެއްބާއެވެ.

މި ހާދިސާއިންވެސް ބިދޭސީންގެ ތެރެއިން ގިނަ މީހުން ރާއްޖޭގައި މަސައްކަތްކުރާ ހާލު ދެނެގަނެވުނެވެ. ކުދިކުދި ގޮޅިތަކެއްގައި ދިރިއުޅެން މަޖުބޫރުކުރާއިރު ފަސޭހައިން ދިރިއުޅެވޭނެ ވަސީލަތްތައް ތަނުގައި ނުހުރެއެވެ. ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރަ ނުދެވެއެވެ. މިފަދައިން ދެންނެވިނަމަވެސް ބިދޭސީން ރާއްޖެ ގެނެސް އެމީހުންނާމެދު ވަރަށް ރަނގަޅަށް އަމަލުކުރާ މީހުން ވެސް އުޅެއެވެ. ދަންނަވާލަން މިއުޅޭ ވާހަކައަކީ ކޮންމެ ގައުމެއްގެ ރައްޔިތަކަސް ލިބެންޖެހޭ އަސާސީ ހައްގުތައް ލިބެންވާނެކަމެވެ.

މިއީ މާލޭގައި ގަރާޖެއްގައި ހިނގި ފުރަތަމަ އަލިފާނުގެ ހާދިސާއެއް ނޫނެވެ. މިފަދަ ކޮންމެ ހާދިސާއަކާއެކު އަޑުއިވެނީ ގުދަންތަކާ ގަރާޖުތައް ރަނގަޅަށް ބަލައި ފާސްކުރާ ވާހަކައެވެ. އާންމުކޮށް މީހުން ނޫޅޭ ސަރަހައްދަކަށް ބަދަލުކުރާ ވާހަކައެވެ. ނަމަވެސް މިކަމަށް އަމަލީ ސިފައެއް ނައިސް މިދަނީ އެތައް ފުރާނައެއް ގެއްލެމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް