Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރޯވި ގެ ތަޅާލުމުގެ މަސައްކަތް ފަށައިފި

ރޯވި ގެ ތަޅާލުމުގެ މަސައްކަތް ފަށައިފި

މާލޭގައި ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި މ. ނިރުފެހި ގެ ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެ ގޭގެ ތިރީ ބައިގައި ހިންގަަމުން އައި ގަރާޖުގެ ދޮރު ނައްޓާލައި އެ ތަން މިހާރު ވަނީ ސާފުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަރަށް ބޮޑަށް އަނދާފައި އޮތް ޕިކަޕެއް ވެސް ގަރާޖުން ވަނީ ނެރެފައެވެ.

Advertisement
Ooredoo — Square (box)

މި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 10 އަރާފައެވެ.

އިއްޔެ ރޭ 12:30 ހާއިރު އަލިފާން ރޯވީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައެވެ. އެއީ މ. ނިރުފަހި ކިޔާ ގެއެއްގައި ހުންނަ ގަރާޖެކެވެ. ރީގައި ހުރި ގަރާޖުގައި ރޯވި އަލިފާންގަނޑު އެއިމާރާތަށް ވަނީ ފެތުރިގެން ގޮސްފައެވެ. މިހާދިސާގައި އެއިމާރާތުގައި ވަނީ ވަރަށް ބޮޑަށް ރޯވެ އަނދާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް