Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖޭގައި 17 އަހަރު ހޭދަކުރި އުއްޒަލް: މަރުވީ ކާން ގޮސް ހުއްޓާ!

ރާއްޖޭގައި 17 އަހަރު ހޭދަކުރި އުއްޒަލް: މަރުވީ ކާން ގޮސް ހުއްޓާ!

މިދިޔަ ބުދަ ދުވަހުގެރޭ، މާލޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ ހިނގި ވަގުތު މ. ނިރުފެހި ގޭގައި ދިރިއުޅެމުންދިޔަ އެންމެން ކަހަލަ ގޮތަކަށް ތިބީ ގަދަ ނިދީގައެވެ.

ގިނަ މީހުންނަށް ހޭލެވުނުއިރު، އެ ގޭގައި ހުރީ ރަނގަޅަށް ހުޅުގަނޑު ހިފައިފައެވެ. އެއްބަޔަކަށް ހޭލެވުނީ ހަޅޭކާއި ރުއިމުގެ ވޭނީ އަޑަށެވެ. ކޮންމެ މީހަކުވެސް ބެލީ އަވަހަށް އެތަނުން ސަލާމަތްވެވޭތޯއެވެ. ނަމަވެސް އެ ތަން ހަދާފައި ހުރި ގޮތުން ނިކުމެވޭނެ ގޮތެއް ނެތިގެން، އެތެރޭގައި ގިނަ މީހުން ތާށިވީއެވެ. ހާދިސާގައި މަރުވި މީހުންގެ އަދަދު ގިނަވި އެންމެ ބޮޑު ސަބަބަކީވެސް، އަލިފާނުން ސަލާމަތްވެގެން ނުކުމެވޭނެ ގޮތެއް ނެތުމެވެ.

މާލޭގައި މިހައިތަނަށް ހިނގި އަލިފާނުގެ އެންމެ ހިތާމަވެރި ހާދިސާގައި ނިޔާވި ދެ ކުދިންގެ ބައްޕަ، އުއްޒަލްގެ ވާހަކަ އޭނާގެ އެންމެ ގާތް އެކުވެރިޔާ ސޮމުލް ކިޔައިދިނީ ހިތްވަރާއެކުގައެވެ.

Advertisement
Ooredoo — Square (box)

އޭނާއަކީ މަޖާ މިޒާޖެއްގެ މީހެއް ކަމަށް ސިފަ ކުރަމުން ސޮމުލް ބުނީ، ނިރުފެހި ގެއަކީ އުއްޒަލް ދިރިއުޅޭ ގެ ނޫން ކަމަށެވެ. އޭނާ އެގެއަށް ދަނީ ރަޙްމަތްތެރިއެއް ކައިރިއަށް ކާން ކަމަށާއި، ކޮންމެ ދުވަހަކު ވެސް އެ ގެއަށް ދާ ކަމަށް ބުންޏެވެ.

މީގެ 17 ވަރަކަށް އަހަރު ކުރިން ރާއްޖެއަށް އައި އުއްޒަލް ނިޔާވުމުގެ 3 މަސްވަރު ކުރިން، އޭނާގެ ޤައުމަށް ވަނީ ގޮސްފައެވެ. ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރަމުން ދިޔަ އުއްޒަލް އާއިލާއާ އެކު 2 މަސް ދުވަސް ހޭދަކުރުމަށް ފަހު އެނބުރި ރާއްޖެއައިއިރު ވަޒީފާވެސް ވަނީ ގެއްލިފައެވެ.

ސޮމުލް ކިޔައިދިން ގޮތުގައި އުއްޒަލްއަށް ކަމެއް ވެގެން އުޅޭކަން އެނގުނީ އަލިފާނުގެ ހާދިސާ ހިނގި ފަހުން ހެނދުނު 11:30ހާއިރު އައި ފޯނު ކޯލަކުންނެވެ.

“ރައްޓެއްސަކު ގުޅާފައި ބުނަނީ އުއްޒަލްގެ ފޯނު ނިވިފައޭ އޮތީ. ބަލާށޭ. އަހަރެން އައިޖީއެމްއެޗަށް ދިޔައިރު އެ ތަނުގައި ނެތީ” ސޮމުލް ކިޔައިދިނެވެ.

އައިޖީއެމްއެޗްގައި ނެތުމުން މީހަކު ބުނި ބުނުމަށް ދެން ސޮމުލް ދިޔައީ މޯޗަރީއަށެވެ. އެތަނަށް ދިޔުމުން އެ ހާދިސާގައި އުއްޒަލް ނިޔާވެފައިވާކަން އެނގުނު ކަމަށް ސޮމުލް ބުންޏެވެ.

މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި 10 މީހުންގެ ތެރެއިން އެކަކު އަދި ވެސް ދެނެގަނެވިފައި ނުވެއެވެ. ނިޔާވި މީހުންގެ ތެރޭގައި ހިިމެނެނީ އިންޑިއާ ހަތް މީހަކާއި ބަންގްލަދޭޝް ދެ މީހުންނެވެ. މި ހާދިސާގައި ހަތަރު އަންހެނުންވެސް ވަނީ ނިޔާވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް