ހަސަން ކުރުސީ އަކީ ނަޝީދުކަން ސާފުކޮށް ފަޅާއަރައިފި: ރޮޒައިނާ

"ހަސަން ކުރުސީ" ގެ ނަމުގައި "ފޭކު" ޓްވިޓަރ އެކައުންޓް ގެންގުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެެވެ.
ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ހަސަން ކުރުސީ" އަކީ ނަޝީދުކަން، މިހާރު ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށެވެ.
އެމްޑީޕީއަށް ލިބިފައިވާ ފުރުސަތުތައް މިހާރުގެ ސަރުކާރުން ނަގައިލަމުންދާ ކަމަށާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާނަމަ، ރައީސް ނަޝީދާ އެކީ މަސައްކަތްކުރަން ޖެހޭ ކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މަޖިލީހުގައި ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯ ހިއްސާ ކުރައްވައި، ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ގާތް އެކުވެރިންނާއި ރަހުމަތްތެރިންނަށް ފަޅުރަށްތައް ބެހި ކަމަށް ތުހުމަތު ކުރައްވައިފައެެވެ.
ރޮޒައިނާގެ ޓްވީޓާ ގުޅިގެން "ހަސަން ކުރުސީ"ގެ އެކައުންޓުން ކުރި ޓްވީޓެއްގައި އިމްތިޔާޒް ދެއްކެވި ވާހަކަތަކަށް ތާއީދުކޮށް ރޮޒައިނާ އަކީ ފައިސާއާ މަގާމާ މަޝްހޫރުކަމުގެ ފަހަތުން ދުވާ މީހެއް ކަމަށް ބުނެފައެވެ.
ކުރުސީގެ ޓްވީޓުގައި "ރޮޒޭ" ލިޔެފައިވާއިރު "ޒީ" އަކުރުގެ ބަދަލުގައި ބޭނުން ކުރީ "އެސް"އެކެވެ.
ރޮޒައިނާ ވިދާޅުވީ އެގޮތަށް އޭނާގެ ނަން ލިޔުއްވައި އުޅުއްވަނީ ހަމައެކަނި ރައީސް ނަޝީދު ކަމަށާއި ހަސަން ކުރުސީ އަކީ މިހާރު ކާކުކަން ސާފުކޮށް ފަޅާ އަރާފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު އުޅުއްވަނީ އަމިއްލަ ޕާޓީ އާއި ޤައުމުވެސް ހަލާކު ކުރައްވަން ކަމުގައެވެ.
https://twitter.com/Roxeyna/status/1591179997817221121?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1591179997817221121%7Ctwgr%5E81c9ab106e97e06240a95c5a7939aeec05ca6c87%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F279418
ރައީސް ނަޝީދު މީގެ ކުރިން ވަނީ، ޓްވިޓަރގައި މަޝްހޫރުވި "އެލެކްސް އަހުމަދު" އަކީ އެ މަނިކުފާނު ގެންގުުޅުއްވާ އަސްލު ނޫން އެކައުންޓެއް ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެލެކްސް އަހުމަދުގެ އެކައުންޓުންވެސް ސަރުކާރަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށްވެސް ފާޑު ކިޔުއްވަމުން ގެންދެވިއެވެ.





ކޮމެންޓް