ޚަބަރު ސިޔާސީ

ޓެކްސް ބޮޑުކުރުމާ ދެކޮޅަށް އިދިކޮޅު އިއްތިހާދުން އިހުތިޖާޖަށް ނުކުންނަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިދިކޮޅު ކޯލިޝަނުގެ މެމްބަރުން--

ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ބިލާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ނިކުތުމަށް އިދިކޮޅު އިއްތިހާދުން ނިންމަވައިފިއެވެ.

Ads by Sosun Fihaara

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ވިދާޅުވީ ޓެކްސް ބޮޑުކުރުމުގެ ބިލާ ދެކޮޅަށް އަޑުއުފުލުމަށް މިއަދު 12:30 ގައި ރައްޔިތުން މަޖިލިސް ކުރާ ގޭގެ ކައިރިއަށް އެއްވާނެ ކަމަށެވެ.

އަންނަ އަހަރުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ރައްޔިތުން މަޖިލީހުގެ މުޅި ކޮމިޓީން ފާސްކުރީ މިދިޔަ މަހުގެ 31 ގައެވެ. ސަރުކާރުން ހުށަހަޅާފައިވަނީ ޖީއެސްޓީ %6 އިން %8 އަށް އަދި ޓީޖީއެސްޓީ %8 އިން %16 އަށް ބޮޑު ކުރުމަށެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން މަޖިލީހުގެ މުޅި ކޮމިޓީން ފާސްކުރީ ބައެއް މެންބަރުން ބިލަށް ހުށަހެޅުއްވި އިސްލާހުތައް ބޭރުކޮށްލުމަށްފަހުއެވެ.

އޭގެތެރޭގައި މިހާރު ހުރި ރޭޓުތަކުގައި ޓެކްސްތައް ނެގުމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި އިސްލާހު ހިމެނެއެވެ. އެ އިސްލާހު ބޭރުކޮށްލީ 56 މެންބަރުންގެ ވޯޓާއެކުއެވެ.

މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މިއަދު އިއްވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!