Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފުޓްސަލް ހަމަނުޖެހުމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ: ފުލުހުން

ފުޓްސަލް ހަމަނުޖެހުމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ: ފުލުހުން

އިއްޔެ ހަވީރު ރ.އުނގޫފާރުގައި ކުޅުނު ރ.އަތޮޅު ފުޓްސަލް ކަޕްގައި އެ އަތޮޅު ދުވާފަރާއި އިނގުރައިދޫ ބައްދަލުކުރި މެޗާ ގުޅިގެން ހަމަނުޖެހުން ހިންގި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެ ހަމަނުޖެހުމުގައި 14 އަހަރުގެ ފިރިހެން ކުއްޖަކަށާއި، 39 އަހަރުގެ އަންހެނަކަށް ފަރުވާ ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން ޢުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީގެ މީހުން ހިމެނޭހެން 14 މީހަކަށް ފަރުވާދީފައިވާކަމަށާއި އެމީހުންނަށް ފަރުވާ ދީފައިވަނީ ހަމަނުޖެހުމުގެ ސަބަބުން ބިރުގަތުމާއި ބޮލަށް އެނބުރުން އެރުންފަދަ ކަންކަން ދިމާވެގެންކަަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އަދި ހަމަނުޖެހުމާ ގުޅިގެން މިހައިތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ރ.އަތޮޅު ފުޓްސަލް ކަޕްގެ، އިއްޔެ އޫނގޫފާރުގައި އޮތް ފައިނަލް މެޗުގައި އިނގުރައިދުއާ ބައްދަލުކޮށް ދުވާފަރު މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް