Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހައްޔަރުކުރި މީހުން އުޅުނީ އައިސިސްއާ ގުޅިގެން ގިނަ ބަޔަކު މަރަން: ފުލުހުން

ހައްޔަރުކުރި މީހުން އުޅުނީ އައިސިސްއާ ގުޅިގެން ގިނަ ބަޔަކު މަރަން: ފުލުހުން

ނޮވެމްބަރު 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގައި ހައްޔަރު ހައްޔަރުކުރީ އައިސިސްއާ ގުޅިގެން ބަޔަކު މަރަން އުޅުނު ބައެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އައްޑޫ ސިޓީން 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މާލެއިންނާއި ގުރައިދޫން 2 ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

“މި މައްސަލައިގެ ތަހުގީގުން މިހާރު ލިބިފައިވާ މައުލޫމާތުން މި ފަރާތަކުން ރާވަމުން ދިޔައީ ގިވާ ތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ގިނަބައެއްގެ ފުރާނައަށް ގެއްލުންވާ ފަހަދަ ނުރައްކާތެރި ހަމަލާއެއް ދިނުމަށް” ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ހައްޔަރު ކުރެވުނު މީހުންނަކީ އައްޑޫ މީހުން ކަމަށާއި އޭގެ ތެރޭގައި ހިމެނޭ ނުވަ މީހަކު މީގެ ކުރިން ވެސް ޓެރަރިޒަމްގެ ކުށުގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި 14 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް