Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަލިފާނުގެ ހާދިސާ ހިނގި ވަގުތު ގަރާޖުގެ މައި ދޮރު ހުރީ ބޭރުން ތަޅުލާފަ: ފުލުހުން

އަލިފާނުގެ ހާދިސާ ހިނގި ވަގުތު ގަރާޖުގެ މައި ދޮރު ހުރީ ބޭރުން ތަޅުލާފަ: ފުލުހުން

މިމަހުގެ 9 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާ ހިނގި ވަގުތު ގަރާޖުގެ މައި ދޮރު ހުރީ ބޭރުން ތަޅުލާފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުުހުން ވިދާޅުވީ އިމާރާތުގެ އެތެރެ ހަދާފައި ހުރީ ފިލައިން ކަމަށާއި އޭގެ ތެރެއިން އެއް ފްލޯގައި ހަތަރު ކޮޓަރި، އަދި އަނެއް ފްލޯގައި އަށް ކޮޓަރި ހަދާފައިވާ ކަމަށެވެ.

އަދި އަލިފާން ރޯވެފައިވަނީ އެރޭ 12:24ހާއިރު ކަމަށާއި އިމާރާތުގެ އެހެން ބައިތަކަށް އަލިފާންގަނޑު ފެތުރިގެން ދިޔުމުގައި ގާތްގަޑަކަށް ހޭދަވެފައިވަނީ ދޮޅު މިނިޓެއްހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

“ހާދިސާ ހިނގި އިރު ގަރާޖުގެ މައި ދޮރު ހުރީ ބޭރުން ތަޅުލާފަ. އަލިފާން ގަނޑު ހިފާފައިވަނީ ކުއްލިޔަކަށް ބާރު އަޑުފައްގަނޑަކާ އެއްކޮށް ގަރާޖުގެ ތެރެއިން ހުޅުގަނޑު ފަޅައިގެން ގޮސްގެން. އަލިފާން ރޯވުމާއެކު ހުޅުގަނޑު އިމާރާތުގެ ފްލޯތަކަށް އަރައިގެން ގޮސް މުޅި އިމާރާތް އަނދައިގެން ދިޔަ” ފުލުހުން ވިދާޅުވިއެވެ.

މިހާދިސާގައި ބަންގަލަދޭޝްގެ 2 މީހުންނާއި އިންޑިއާގެ 8 މީހުން މަރުވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާގެ 3 މީހެއްގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް