Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަލިފާނުގެ ހާދިސާ: ތިން މީހެއްގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި

އަލިފާނުގެ ހާދިސާ: ތިން މީހެއްގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި

މ. ނިރުފެހިގޭގައި ހިނިގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ފުލުހުން ވިދާޅުވީ މިހާތަނަށް އިންޑިއާ ތިން މީހެއްގެ ހަށިގަނޑު އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި އެހެން މީހުންގެ ހަށިގަނޑުތައްވެސް އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

“މަރުވި މީހުންގެ ތެރެއިން 3 މީހުންގެ ހަޑިގަނޑު ވާނީ ގައުމަށް ފޮނުވައި އެމީހުންގެ އާއިލާއާ ހަވާލުކޮށްފަ. އެހެން މީހުންގެ ހަށިގަނޑުތައްވެސް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން”ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މި އަލިފާނުގެެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެކެވެ. އަދި އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް