ކުރިއާ ޚިލާފަށް ރަށުތެރެއިން މިހާރު ޑްރަގް ލިބުން އެހާ ފަސޭހައެއް ނުވާނެ: ސީޕީ

ކުރިއާ ޚިލާފަށް ރަށުތެރޭގައި މިހާރު މަސްތުވާތަކެތި ލިބުން އެހާ ފަހިވެފައި ނޯންނާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސީޕީ ޙަމީދު ވިދާޅުވީ މިދިޔަ ހަތަރު އަހަރު ދުވަހުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ.
އެ ގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް ޖުމްލަ 562 އޮޕަރޭޝަނެއް ހިންގާފައިވާކަން ފާހަގަކުރައްވައި އޭނާ ވަނީ މާލޭގައި ހިންގާ ޑްރަގް ކެފޭތަކަށް ކޮންމެ ދުވަހަކު ވެސް ފުލުހުން ނުކުމެ އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.
އެހެންކަމުން ކުރިއާ ޚިލާފަށް ރަށުތެރޭގައި މިހާރު މަސްތުވާތަކެތި ލިބުން އެހާ ފަހިވެފައެއް ނޯންނާނެކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވި ގޮތުގައި މިދިޔަ ހަތަރު އަހަރު 6000 އަށްވުރެ ގިނަ މައްސަލަ ތަޙްޤީޤު ކުރެވުނުއިރު 2800 އެއްހައި މައްސަލައިގައި ދަޢުވާ ކުރަން ފޮނުވުނެވެ.
މި ރޮނގުން ދެއްކެވި ވާހަކައިގައި ސީޕީ އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ މުޅި މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މި މައްސަލަ މި ޤައުމުގައި އޮންނަތާ ބައި ޤަރުނުވެފައިވާ ކަމަށެވެ. އެހެންވެ މަސްތުވާތަކެތީގެ މައްސަލައަށް ޚާއްސަ އިސްކަމެއްދޭ ކަމަށާއި ވަރަށް ހެޔޮ ބަދަލުތައް އެބަ އަންނަކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ޙެޔޮނުވާނެ ހަމަ ރައްތަކުން މިނަރަލް ވޯޓާލިބޭހެެން ލިބޭ
ކަންމަތީގައި މެޓާވިއަކާހެން ވިއްކާ ޕީސްގަނޑު
ތިކަމެއްނެއެގޭއަހަރެމުނަކަށ ފަހަަަާރަހުޅުވައިގެންއެތިބެނީވިއްކަނ ހަމަފާޅުގައި
އަގުބޮޑު ކިރީބާ؟؟ ގައިމު ރޯމާދުވާލު ލޯކުރިމަތީ އެއް އަތުން އަނެއް އަތަށް ދުވާ ޕެކެޓާއި ހާބަރު ކަޑަ ތަކު ބޭރު ވިޔާފާރި ހޯދަން ބަހައްޓާފަ ހުންނަ ފަދަ މީހުން ކަންކަނުގަ ތިބޭތީ ފެނޭ.