ދެ ގަޑިއިރު ތެރޭ ހިޔާ ފްލެޓް ސަރަހައްދުން ކަރަންޓް ލިބޭނެ: ސްޓެލްކޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފުލެޓުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ހިޔާ ފުލެޓުތަކުން ކަރަންޓު ކެނޑުނީ މިއަދު 11:00 ހާއިރުގައެވެ.
އެކަމާ ގުޅިގެން ކުރި ޓުވީޓެއްގައި ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށާއި ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރ ކުރަމުންދާ ކަމަށެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓު ކެނޑުނީ މަގެއް ހަދަން އުޅުމުގެތެރޭގައި ހިޔާ ފުލެޓަށް އަޅާފައިވާ މެއިން ކޭބަލް ބުރިވުމުގެ ސަބަބުންނެވެ.
މިހާރު އެހެން ރޫޓެއް މެދުވެރިކޮށް ކަރަންޓު ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ ގޮތަށް ކަރަންޓު ނުދެވިއްޖެނަމަ މެއިން ކޭބަލް ރިޕެއަރ ކޮށްގެން ކަރަންޓު ދިނުމަށް ދެ ގަޑިއެއްހައިއިރު ނަގާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.