Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސިމް ކާޑު ގަނެފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީން

ސިމް ކާޑު ގަނެފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީން
ރާއްޖޭގައި މޮބައިލް ސިމް ކާޑު ގަނެފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމްކާޑު ބަަލައިގެންފައި ނުވަތަ ގަނެފައި ތިބި ފަރާތްތަކަށް ބަލާއިރު އެންމެ “ޓޮޕް 5” ގައި ތިބީ ބިދޭސީން ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ނޫޅޭ ބިދޭސީންވެސް ހިމެނޭ ކަމަށާއި ކޮންމެ މީހަކަށް އެވަރެޖްކޮށް 5،000 ސިމް ކާޑު ގަނެފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ. އެމީހުން ދެނެގަނެ ފިޔަވަޅަމުންދާ ކަމަށާއި ގޮންޖެހުންތައް ހުރި ނަމަވެސް ޖަލުތެރެއަށް ވައްދައިގެން ބޭނުންކުރާ ފޯނުތައްވެސް ބްލޮކް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަމީދު ވިދާޅުވިއެވެ.
“ޖަލުތެރެއަށް ވައްދައިގެން ބޭނުންކުރާ ފޯނުތައް މި ގެންދަނީ ބްލޮކް ކުރަން މަސައްކަތް ކުރަމުން. އެކަމާ ގުޅިގެން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި އަދި ޓެލެކޮމިއުނިކޭޝަން ސާވިސަސް ޕްރޮވައިޑަރުންނާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން.” ހަމީދު ވިދާޅުވިއެވެ.
އެހެން ނަގާފައިވާ ސިމްތަކުގެ ތެރެއިން 2،796 ސިމް ކާޑު ފުލުހުން މެދުވެރިވެގެން ކަނޑާލައިފައިވެއެވެ. މީގެ އިތުރުން 8 އައިޕީ އެޑްރެސް ބްލޮކް ކޮށްފައިވާ ކަމަށާއި ސްކޭމް ކޯލްތައް ހުއްޓުވަން 3،130 ފިޔަވަޅެއް އަޅާފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް