އިޤްތިސާދީ ދަތިތަކުން އަރައިގަނެ، ސަރުކާރުން ދުނިޔެއަށް މިސާލު ދައްކަވައިފި: އަމީރު

ރާއްޖެއަށް ކުރިމަތިވީ އިޤްތިޞާދީ ދަތިތަކުން އަރައިގަނެ މި ސަރުކާރުން ދުނިޔެއަށް މިސާލު ދައްކަވައިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރު ވަނީ ފާއިތުވި އަހަރުތަކުގައި ދިމާވި، ބޮޑެތި އިޤްތިޞާދީ ދަތިތަކުން އަރައިގަނެ ދުނިޔެއަށް މިސާލު ދައްކާފައި ކަމަށެވެ.
އަދި ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ބޭނުންވެފައިވާ އެތައް އުމްރާނީ އަދި އިޖްތިމާއީ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން ހުށަހަޅުއްވާފައި އޮތް ގޮތަށް، ޓެކްސް ރޭޓްސް މަޖިލިހުން ފާސްވެގެން ދިޔުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުއްމީދުތައް ޙާސިލްކޮށްދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތްތައް ބާރުމިނުގައި ކުރިޔަށް ގެންދިޔުމަށް ލިބުނު އިތުރު ބާރަކަށް ވެގެންދާނެ ކަމުގައެވެ.
https://twitter.com/iameeru/status/1592774706100596737
ޓެކުހާ ބެހޭ ބިލު މިއަދު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓާއެކުއެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.
އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް ބޮޑު ކުރުމަށާއި ޓީޖީއެސްޓީ %8 އިން %16 އަށް ބޮޑު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއެވެ.
ޝިފާޢު ހުށަހެޅުއްވި ބިލު މަޖިލީހުގެ މުޅި ކޮމިޓީން ދިރާސާ ކުރުމަަށްފަހު ނިންމެވީ ބިލަށް ބަދަލެއް ނުގެނެސް ބިލު އޮތް ގޮތަށް ފާސްކުރުމަށެވެ.





.jpeg?prefix=media)

ކޮމެންޓް