Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޕާޓީ ކުރަނިކޮށް ހައްޔަރުކުރި ރިޝްފާ ބަންދުން ދޫކޮށްލައިފި

ޕާޓީ ކުރަނިކޮށް ހައްޔަރުކުރި ރިޝްފާ ބަންދުން ދޫކޮށްލައިފި

މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކުރި ފިލްމީ ތަރި އައިމިނަތު ރިޝްފާ ބަންދުން ދޫކޮށްލައިފިއެވެ.

ޕާޓީ ކުރަނިކޮށް ރިޝްފާ ހިމެނޭހެން 5 މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 11ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ ހުޅުމާލޭގައި އަދި މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި 4 އަންހެނަކާއި 8 ފިރިހެނަކު މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

“ދެން”އަށް މައުލޫމާތު ލިބިފައިވާ ގޮތިގައި މިއަދު ފުލުހުން ވަނީ ރިޝްފާ ބަންދުން ދޫކޮށްލާފައެވެ.

ރިޝްފާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަހުގެ ބަންދެއް ޖެހީ މިދިޔަ ހުކުރު ދުވަހުއެވެ.

ރިޝްފާއާއެކު ފިލްމީ ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ޖެހީ ހަތް ދުވަހެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް