Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

މުނައްވަރު ސަރުކާރަށް: ތިޔަ ބޭކާރު ޚަރަދުތައް ހުއްޓައިލާ!

މުނައްވަރު ސަރުކާރަށް: ތިޔަ ބޭކާރު ޚަރަދުތައް ހުއްޓައިލާ!

ރައްޔިތުން "ފެލުމުގެ ބަދަލުގައި" ޚަރަދުތައް ކުޑަކުރަން ކުރީގެ ބަންޑާރަ ނައިބް ޑރ.މުހައްމަދު މުނައްވަރު ސަރުކާރަށް ގޮވައިލައްވައިފިއެވެ.

ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސް ކުރައްވައިފައެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސަރުކާރުން ފޮނުވި ގޮތަށް ބިލު ފާސްކުރަން 55 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަކަމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ.

ޓެކްސް ބޮޑު ކުރާ ބިލު ފާސްކުރުމާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓުގައި ޑރ.މުނައްވަރު އިލްތިމާސް ކުރެއްވީ ރައްޔިތުން އިތުރަށް ފެލުމުގެ ބަދަލުގައި ބޭކާރު ޚަރަދުތައް ކުރުން ހުއްޓާލައި، ޚަރަދު ކުޑަކުރުމަށެވެ.

Advertisement
Ooredoo — Square (box)

https://twitter.com/MMunavvar/status/1592880369271201793

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ.

ޤާނޫނަށް ގެންނަ އިސްލާހުގައިވާގޮތުން ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުގައި ވަނީ ޖެނުއަރީ 1 2023 އިން ފެށިގެން ޓެކްސްގެ ރޭޓު ބޮޑު ވާނެ ކަމަށެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް