Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ވެރިކަަމަށް ހަތަރު އަހަރު: ޤައިދީންނަށް 65 ޕްރޮގްރާމް ހިންގެވި

ވެރިކަަމަށް ހަތަރު އަހަރު: ޤައިދީންނަށް 65 ޕްރޮގްރާމް ހިންގެވި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި  ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި މާފުށީ ޖަލާއި އައްސޭރި ޖަލުގައި ޤައިދީންނަށް 65 ޕްރޮގްރާމް ހިންގަވައިފިއެވެ.

ސަރުކާރަށް މިއަދު ހަތަރު އަހަރު ފުރުމާ ގުޅިގެން ހޯމް މިނިސްޓްރީން ހިއްސާ ކުރެއްވި މަޢުލޫމާތުން އެނގޭ ގޮތުގައި، ޤައިދީންނަށް ޚާއްސަކޮށްގެން މާފުށީ ޖަލުގައި ހިންގި 55 ޕްރޮގްރާމް، 1855 ޤައިދީން ފުރިހަމަ ކުރިއެވެ. އައްސޭރި ޖަލުގައި ހިންގި 10 ޕްރޮގްރާމެއްގައި 138 ޤައިދީން ބައިވެރިވިއެވެ.

ދަޢުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ އަމާޒަކީ ޖަލުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިންތިހާއަށް ފުޅާކޮށް، ޤައިދީންނަކީ މުޖްތަމައު ބަލައިގަންނާނެ ބައެއްގެ ގޮތުގައި ޖަލުން ނުކުމެވޭނެ ފުރުސަތު ފަހި ކޮށްދިނުން ކަމަށެވެ.

Advertisement
Ooredoo — Square (box)

މީގެއިތުރުން، ހޯމް ސެކްޓަރއަށް، ފާއިތުވި ހަތަރު އަހަރު ހޯދުނު ކާމިޔާބީގެ މަޢުލޫމާތު ދެއްވަމުން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވިދާޅުވީ، ފުލުހުންގެ މަސައްކަތުގައި ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީ އަކީ ރަށު ތެރެއިން ފަސޭހައިން މަސްތުވާތަކެތި ނުލިބޭނެ ގޮތް ހެދުން ކަމުގައެވެ. ފާއިތުވި ހަަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަަށްވެސް ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 1.9 ޓަނުގެ ހިކި މަސްތުވާތަކެތި ނައްތާލެވި، 562 އޮޕަރޭޝަނެއްގައި 1453 މީހަކު، މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހައްޔަރު ކުރެވުނު ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް