ޚަބަރު

އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާ 8 މީހުންގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާ އެންމެންގެ ހަށިތައް އެ ގައުމަށް ގެންގޮސްފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފިއެވެ.

Ads by STELCO

އިންޑިއާ ހައި ކޮމިޝަނުން ބުނީ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާގެ 8 މީހުންގެ ހަށިތައް މިހާރު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ. މިކަމުގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ދެއްވި އެއްބާރުލުމަށް އެ ކޮމިޝަނުން ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި އަލިފާނުގެެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެކެވެ. އަދި އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެކެވެ.

މި ހާދިސާގެ އިތުރު މައުލޫމާތު ހިއްސާކުރަމުން ފިލުހުން އިއްޔެ ވިދާޅުވީ ނިރުފެހިގެ ސާފްކޮށް ކުނިތައް ނެގުމުގެ ތެރޭގައި މީހެއްގެ ފައިތިލަ ފެނިފައިވާ ކަމަށެވެ. އަދި ފެނުނު ފައިތިލަ ފިޔަވައި އިންސާނެއްގެ ހަށިގަނޑުގެ އިތުރުބައެއް ފެނިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!