Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރިޝްފާ ބަންދުން ދޫކޮށްލީ ބަންދުގައި ބަހެއްޓޭނެވަރުގެ ހެކި ނެތުމުން

ރިޝްފާ ބަންދުން ދޫކޮށްލީ ބަންދުގައި ބަހެއްޓޭނެވަރުގެ ހެކި ނެތުމުން

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފިލްމީ ތަރި އައިމިނަތު ރިޝްފާ ދޫކޮށްލީ އޭނާ ބަންދުގައި ބަހެއްޓޭނެވަރުގެ ހެކި ނެތުމުން ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ އާއި މާލޭގައި ހިންގި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ހަތަރު މީހަކު ބަންދުން ދޫކޮށްލާފައިވާ ކަމަށާއި އެންމެން ވެސް ދޫކޮށްލީ ބަންދުގައި ބެހެއްޓޭނެވަރުގެ ހެކި ނެތިގެން ކަމަށެވެ.

މި މައްސަލައިގައި ބަންދުން ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ 36 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ އަންހެނަކާއި 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 27 އަހަރުގެ އަންހެނެކެވެ.

Advertisement
Allied — Dhen Online (box)

ޕާޓީ ކުރަނިކޮށް ރިޝްފާ ހިމެނޭހެން 5 މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 11ވަނަ ދުވަހުއެވެ.

ރިޝްފާއާއެކު ފިލްމީ ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ޖެހީ ހަތް ދުވަހެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް