Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޕާޓީ ކުރަނިކޮށް ހައްޔަރުކުރި ހޫނު ވެސް ދޫކޮށްލައިފި

ޕާޓީ ކުރަނިކޮށް ހައްޔަރުކުރި ހޫނު ވެސް ދޫކޮށްލައިފި

މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކުރި ޓިކްޓޮކް ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) މިއަދު ބަންދުން ދޫކޮށްލައިފިއެވެ.

މައްސަލައިގައި މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ހުނޫގެ ބަންދަށް ޖެހީ ހަތް ދުވަހެވެ.

ހޫނޫއާއެކު ފިލްމީ ތަރި އައިމިނަތު ރިޝްފާވެސް މި މައްސަލައިގައި ހައްޔަރުކޮށްފައިވެއެވެ. ރިޝްފާވެސް މިއަދު ވަނީ ބަންދުން ދޫކޮށްލާފައެވެ.

Advertisement
Allied — Dhen Online (box)

އެ ދެ މީހުންގެ މައްޗަށް ވެސް ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރި ކުރުމުގެ ތުހުމަތެވެ.

ޕާޓީ ކުރަނިކޮށް ރިޝްފާ ހިމެނޭހެން 5 މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 11ވަނަ ދުވަހުއެވެ.

ހުނޫ އޭނާގެ ލޯބިވެރިޔާއާއެކު މާލޭގައި ތިބި ގެއަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި މިދިޔަ މާޗް މަހުގެ ތެރޭގައިވެސް ވަނީ ހައްޔަރުކޮށްފައެވެ. ހުނޫގެ މައްޗަށް އޭރޔ އުފުލީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދަޢުވާއާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދަޢުވާއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް