Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

3.3 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ

3.3 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ

ސަރުކާރުން 3.3 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޓީ ބިލް ވިއްކުމަށް ހުޅުވާލީ 28 ދުވަހުން އަނބުރާ ދެއްކުމަށް 1.07 ބިލިއަން ރުފިޔާގެ ޓީބިލާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 297 މިލިއަން ރުފިޔާގެ ޓީބިލެވެ.

182 ދުވަހުން އަނބުރާ ދެއްކުމަށް 50 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކުމަށް ހުޅުވާލާފައިވާއިރު، 364 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 3316.6 މިލިއަން ރުފިޔާގެ ޓީ ބިލެއް ވިއްކުމަށް ފިނޭންސް މިނިސްޓްރީގެ އިއުލާން ގައިވެއެވެ.

Advertisement
HDC — Sidebar (box)

ޓީބިލްގެ ސެޓްލްމަންޓް ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިމަހުގެ 21 ވަނަ ދުވަހެވެ. ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގައެވެ.

ރާއްޖޭގެ މުޅި ޖުމްލަ ދަރަނި މި އަހަރު ނިމޭއިރު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 106 ބިލިއަން ރުފިޔާގަ އެވެ. އޭގެ ތެރެއިން 57.9 ބިލިއަން ރުފިޔާއަކީ އެތެރޭގެ ދަރަންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް