Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

މާލެއިން ގޯތި ލިބޭނެ ފަރާތްތައް ކަނޑައެޅުން، އަންނަ އަހަރުގެ މެއި މަހު

މާލެއިން ގޯތި ލިބޭނެ ފަރާތްތައް ކަނޑައެޅުން، އަންނަ އަހަރުގެ މެއި މަހު

2023 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައި ވެރިރަށް މާލެއިން ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅުއްވާނެ ކަަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ދެއްކެވި ވާހަކައިގައެވެ. އަސްލަމް ވިދާޅުވި ގޮތުގައި، މިވަގުތުވެސް ފޯމުތައް ދިރާސާކޮށް ބެލުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރައްވަމުންނެވެ.

މިނިސްޓްރީއިން ފޯމުތައް ބައްލަވައި، އޭގައި ރަނގަޅުކުރަންޖެހޭ މަޢުލޫމާތުތައް އެފަރާތްތަކަށް ގުޅައި އަންގައިގެން، ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން އަސްލަމް ވަނީ ފާހަގަ ކުރައްވައިފައެވެ.

Advertisement
Allied Insurance — Square (box)

ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަރަށް މުހިންމު އެއް ވަޢުދުފުޅެވެ.

މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދިކުރިމަތިލުމަށް ސަރުކާރުން ހުޅުވައިލީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ފްލެޓާއި ގޯއްޗަށް އެދި 35،000 އަށްވުރެ ގިނަ ފޯމު ގެދޮރުވެރިން ޕޯޓަލަށް ހުށަހަޅާފައިވާއިރު، މިކަންކަން ބެލުމަށް  ރައީސް ވަނީ ޚާއްސަ ކޮމިޓީއެއްވެސް އުފައްދަވައިފައެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފޯމުތައް ބަލައި، ޝޯޓްލިސްޓް ކުރުމަށްފަހުގައި، ގޯތި ދޫކުރެވޭ ފަރާތްތައް ޢިއުލާންކުރެވޭނެކަމަށް ލަފާ ކުރެއްވެނީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހުޅުމާލެއިން ބިން ދޫކުރާނެ ސަރަޙައްދުތައްވެސް ކަނޑައަޅުއްވާފައިވާ ކަމަށްވެސް މިނިސްޓަރު އަސްލަމް ފާހަގަކުރެއްވިއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް