Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މި ސަރުކާރުގެ ހަލާކަކީ ރޮޒޭނާގެ ދެމަފިރިން: ޝިޔާން

މި ސަރުކާރުގެ ހަލާކަކީ ރޮޒޭނާގެ ދެމަފިރިން: ޝިޔާން

މި ސަރުކާރުގެ ހަލާކަކީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމްގެ ދެމަފިރިންކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ޝިޔާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް 2018ގައި ރައްޔިތުން ދިން ބޮޑު ތާއީދާއެކު 2019 ވަނަ އަހަރުގެ އެމްޑީޕީގެ ސުޕަރމެޖޯރިޓީ 65 މެންބަރުންގެ މަޖިލިސް ސަރުކާރަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް ސަރުކާރުގަ އެމްޑީޕީގެ ތާއީދު ކުޑަވެގެން ދާން ޖެހުނު ސަބަބަކީ ރައީސް ޞާލީހްގެ އަރިހުގައި ތިިއްބެވި މީހުން ކަމަށް ޝިޔާން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ޝިޔާން ވަނީ މެންބަރު ރޮޒޭނާ އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމްޑީޕީ ސަރުކާރުގެ ހަލާކަކީ “ދޮން އާދަމްފުޅުގެ ދަރި ރޮޒޭނާގެ ދެމަފިރިން” ކަމަށް ޝިޔާން ސިފަކުރެއްވިއެވެ.

އެމްޑީޕީގެ އެތެރެ ހޫނުވެ، އެއް މެމްބަރަކު އަނެއް މެމްބަރަށް ބޮޑެތި ފާޑުކިއުންތައް ދަނީ އަމާޒު ކުރަމުންނެވެ. އޭގެ ތެރޭގައި ޒާތީ ގޮތުން އެއް މެމްބަރަކު އަނެއް މެމްބަރަކާ ދިމާ ކުރުން ހިމެނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް