ޚަބަރު

ކަންބޮޑުވުން ފާޅުކޮށް ބަޖެޓު ކޮމިޓީއަށް ރައީސް ނަޝީދުގެ ސިޓީފުޅެއް

ރައުފާ ރަޝީދު ، ދެން އޮންލައިން
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގެ ރިޕޯޓުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްއަށް ސިޓީފުޅެއް ފޮނުއްވަވައިފިއެވެ.

Ads by MWSC

ނާޝިޒަށް، ނަޝީދު މިއަދު ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ މިދިޔަ އަހަރަށް ފާސްކުރި ބަޖެޓަކީ 36.9 ބިލިޔަން ރުފިޔާ ކަމަށް ވާއިރު މިއަހަރު ނިމޭ އިރު ދައުލަތުގެ ހަރަދުތައް ހުންނާނެ ކަމަށް އަންދާޒާކޮށްފައި ވަނީ 42.8 ބިލިޔަން ރުފިޔާގައި ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަދަދަށް ވުރެ 5.8 ބިލިޔަން ރުފިޔާގެ އިތުރުވުމެއް ކަމަށް ވިދާޅުވެފައިވެއެވެ.

2022 ވަނަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން ރައީސަ ނަޝީދު ވިދާޅުވީ 2022 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުކޮށްފައި ނުވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސުން މައުލޫމާތު ދީފައިވާ ކަމަށެވެ.

“ނަމަވެސް ބަޖެޓް ކޮމިޓީގެ ރިޕޯޓްގެ 22 ވަނަ ސަފްހާގައި ހިމެނޭ ތާވަލު ދޭއް ގައިވާ ހިސާބުތަކުން ސާފުވާ ކަމަކީ ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް ހަރަދުކޮށްފައިވާ ކަމެވެ" ސިޓީގައި ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓަށް ފަހުން ވަނީ 160 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓް ދިރާސާ ކުރާ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ބަޖެޓް ރިޕޯޓަށް ބަހުސްކުރަން ކޮންމެ މެންބަރަކަށް 7 މިނެޓް ދޭން ހަމަޖެހިފައިވާއިރު ބަޖެޓް ފާސްކުރުމަށް މި މަހުގެ 30 ވަނަ ދުވަހު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެއެވެ.

Ads by Allied Insurance
  1. ބުޅި

    ހޭބަލިވަނީ، ހެޔޮނުވާނެ ތި ހުވަފެނުގަ ޖެހޭނެ ކުލައެއްނެތް.

  2. ކާމިލް

    ދައުލަތެއްނެތް ބަގޫރަުޓް ވަނީ