ޚަބަރު

ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.

Ads by Sosun Fihaara

އެމްްއެންޑީއެފުން ވިދާޅުވީ ތ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ހާލުދެރަ ބަލި އަންހެނަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފައިވާ ކަމަށެވެ.

އެއީ އުމުރުން 34 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ތ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިއަދު 17:03 ހާއިރުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!