Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގިފިލީގައި މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ވަޅުލައިގެން ގެންގުޅުނު މީހަކު އުމުރަށް ޖަލަށް

ގިފިލީގައި މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ވަޅުލައިގެން ގެންގުޅުނު މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތި ވިޔާފާރި ކުރާ ކަމަށް މައުލޫމާތު ލިބިގެން ފާސްކުރި އިރު ގިފިލިތެރޭގައި ވަޅުލާފައި ހުރި މަސްތުވާތަކެތި ފެނުނު މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ނިންމައި ރ. މަޑުއްވަރީ، އަހްރާމް، އިބްރާހިމް ޖަޒްލާން އަހްމަދު އުމުރަށް ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އޭނާ ދިރިއުޅޭ ގެ ރ. މަޑުއްވަރީ، ނޫޙިޔާގެ ފުލުހުން ބަލައި ފާސްކޮށްފައިވަނީ މެއި 13، 2018ގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް އާންމު ފަރާތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

މި ދަޢުވާގެ އަޑިއެހުމުގައި ޖަޒްލާން ބުނެފައިވަނީ އޭނާ ދިރިއުޅެމުން ދިޔައީ ނޫވިލާގޭގައި ކަމަށާއި މި މައްސަލައިގައި ނޫހިޔާގެއިން ފެނުނު މަސްތުވާތަކެއްޗަކީ އެއްވެސް ހާލަތެއްގައި ޖަޒްލާންއާ ގުޅުންހުރި އެއްޗެއް ނޫން ކަމަށެވެ. އޭނާ ވަނީ ދައުލަތުން ކޮށްފައިވާ ދަޢުވާއަށް އިންކާރުކޮށްފައެވެ.

Advertisement
Ooredoo — Square (box)

އޭނާ ދިރިއުޅޭ ގެގެ ގިފިލީގައި ވަޅުލާފައި އޮތް ހުދު ރަބަރު ކޮތަޅެއްގެ ތެރެއިން ވަނީ 0.7813 ގްރާމްގެ ޑައިމޯފިން ހުރި 7 ރަބަރު ޕެކެޓް ފެނިފައއެވެ. އަދި ހަމަ އެ ކޮތަޅު ތެރެއިން 1.1226 ގްރާމްގެ ޑައިމޯފިން ހުރި 10 ޕެކެޓެއް ވެސް ވަނީ ފެނިފައެވެ.

މީގެ އިތުރުން ފުލިހުންނަށް ވަނީ އެ ގިފިލިތެރެއިން ވަޅުލާފައި އޮތް އިތުރު ކޮތަޅެއް ފެނިފައެވެ. އެ ކޮތަޅުތެރެއިން ރަބަރު ފެކެޓެއްގައި ހުރި 4.8712 ގްރާމްގެ ޑައިމޯފިން ވަނީ ފެނިފައެވެ. އެއާއެކު ޖުމްލަ 6.7751 ގްރާމްގެ ޑައިމޯފިން ވަނީ ފެނިފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ޖަޒްލާންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށާއި އޭނާ އުމުރަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް