Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަލިފާން ރޯވި ނިރުފެހިގެ ސާފުކޮށް މަގު ހުޅުވައިލައިފި

އަލިފާން ރޯވި ނިރުފެހިގެ ސާފުކޮށް މަގު ހުޅުވައިލައިފި

މި މަހު 10 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި ރޯވި މ. ނިރުފެހިގެ ސާފުކުރުމަށްފަހު އެ ސަރަހައްދާއި ބަންދުކުރި އިސްކަންދަރު މަގު މިއަދު ހުޅުވައިފިއެވެ.

އެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެކެވެ. އަދި އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެކެވެ.

މަރުވި އެންމެންގެ ހަށިތައް އެ މީހުންގެ ޤައުމަށް ފޮނުވާލައިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފައިވެއެވެ.

Advertisement
Allied — Dhen Online (box)

މާލޭގައި މިހައިތަނަށް ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި މި ހާދިސާގައި ފުރަތަމަ ރޯވި ގަރާޖަކީ ހުޅުމާލޭގައި ހިންގަން ހުއްދަ ދީފައި އޮތް ގަރާޖަކަށް ވީއިރު، އެތަން މާލޭގައި ހިންގަމުން އައީ ގާނޫނާ ޚިލާފަށް ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ނުރުފެހި ގޭގެ ފާރުތަށް ތަޅާލައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރެއްވީ މާލޭ ސިޓީ ކައުންސިލުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް