Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

މެމްބަރުންނަށް ސަރުކާރުގެ މަސްލަހަތު އޮތް މިންވަރު ބަލާނެ ކަމުގެ އިޝާރާތެއް

މެމްބަރުންނަށް ސަރުކާރުގެ މަސްލަހަތު އޮތް މިންވަރު ބަލާނެ ކަމުގެ އިޝާރާތެއް
ސަރުކާރުގެ ފަރާތުން ފައިދާ ނަންގަވާ މެމްބަރުން، ނުވަތަ މަޖިލީހުގެ މެންބަރުންނަށް ސަރުކާރުގެ މަސްލަހަތު އޮތް މިންވަރު ބައްލަވާނެ ކަމުގެ އިޝާރާތެއް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ފާސްކޮށް، ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު" ގެޒެޓްކުރަން ނުފޮނުވާފައިވާ މައްސަލައިގައި މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވަނީ، މަޖިލީހުން ހަދާ ޤަވައިދުތަކަށް ވަޒީރުން ޢަމަލު ނުކުރެއްވިޔަސް، ކުރެއްވޭނެ ކަމެއް ނޯންނާނެ ކަމަށާއި، މެމްބަރުން ތިއްބަވަނީ ވަޒީރުންގެ ދަށުވެފައި ކަމަށެވެ. އަދި ވަޒީރުން ބޮޑާ ކަމާއެކުގައި ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ، އެހެން އެކަން ވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ މަޖިލީހުން ކަމުގައިވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރު ޒިންމާދާރު ކުރުވުމުގެ ބަދަލުގައި، މެމްބަރުން ތިއްބަވަނީ، ސަރުކާރުގެ ފަހަތުގައެވެ. އަފީފްގެ ވާހަކައަށް ފަހު، ނަޝީދު ވިދާޅުވީ މެންބަރުންނަށް ސަރުކާރުގެ މަސްލަހަތު އޮތް މިންވަރު ބެލިދާނެ ކަމަށެވެ.
"ކިތައް ބޭފުޅުންގެ މަސްލަހަތު ހިމެނޭތޯ އެކި ބާވަތްތަކުގެ ސަރުކާރުގެ ކޮންޓްރެކްޓުގަ އާއި އަދި ވަޒީފާ ދެއްވާފައި ތިބި ބޭފުޅުންގެ،" ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ މަޖިލީހުގެ ގަދަރާއި އިއްޒަތް ގެއްލިގެންދާއިރު ބަލަން ނުތިބެވޭނެ ކަމަށާއިމ "ހަތަރު ވަނާއަކަށް ވިއްކާލި ގަދަރަށް މި މަޖިލިސް ބާއްވާއިގެން ތިބުން އެއީ އަޅުގަނޑޫ ދެކޭ ގޮތުގައި ދިވެހިރާއްޖެ ރައްޔިތުންނަށް ވެސް އަދި މި ޖުމްހޫރިއްޔަތަށް ވެސް ލިބޭ ވަރަށް ބޮޑު އުނި ކަމެއް" ކަމަށެވެ.  

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް