Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ކްރިމިނަލް ކޯޓުވެސް ރިސެސްއަށް

ކްރިމިނަލް ކޯޓުވެސް ރިސެސްއަށް

ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓުވެސް ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކްރިމިނަލް ކޯޓު ރިސެސްއަށް ދިއުމަށް ގާޟީންގެ އާންމު މަޖިލީހުން ނިންމާފައިވާކަމަށެވެ.

އަދި ރިސެސްގައި އޮތްނަމަވެސް ޖިނާއީ ބޮޑެތި މައްސަލަތަކާއި، ބަންދާ މެދު ގޮތް ނިންމުމާއި ކޯޓު އަމުރު ދޫކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދެއެވެ.

Advertisement
Allied Insurance — Square (box)

އާންމުކޮށް ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގައި މަތީ މަރުހަލާ ކޯޓުތައް ރިސެސްއަށް ދެއެވެ. ރިސެސްގެ މުއްދަތުގައި އާންމު އުސޫލުން ކޯޓުގައި ހިންގާ ގިނަ ޝަރީޢަތްތައް ނުބޭއްވި ނަމަވެސް އަވަހަށް ނިންމަންޖެހޭ ޝަރީޢަތްތަކާއި އަމުރުތައް ނެރުމުގެ މަސައްކަތާއި ކޯޓުތަކުގެ އިދާރީ މަސައްކަތްތައް ކުރިއަށްގެންދެއެވެ.

ކޮންމެ އަހަރަކުވެސް ކޯޓުތަކުން ރިސެސްގެ ގޮތުގައި 30 ދުވަހުގެ މުއްދަތު ލިބޭއިރު، އަހަރަކު ދެފަހަރު ކޯޓުތަކުން ރިސެސްއަށްދެއެވެ.

ކްރިމިނަލް ކޯޓު އަހަރުގެ މެދުތެރޭގައި ރިސެސްއަށް ދަނީ 15 ދުވަހަށެވެ. ސިވިލް ކޯޓުން އަހަރުގެ މެދުތެރޭގައި ރިސެސްއަށް ދަނީ 10 ދުވަހަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް