Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަސައްކަތްތެރި މުޖުތަމަޢެއް ބިނާކުރުމަށްވުރެ މުހިއްމު އެއްވެސް ކަމެއް ނެތް: ނައިބު ރައީސް

މަސައްކަތްތެރި މުޖުތަމަޢެއް ބިނާކުރުމަށްވުރެ މުހިއްމު އެއްވެސް ކަމެއް ނެތް: ނައިބު ރައީސް

ޤައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނަނީ އެޤައުމެއްގައި އުފެއްދޭ މަސައްކަތްތެރި ޖީލަށްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ މެދުކެނޑުމެއް ނެތި 13 އަހަރު، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިޔަށް ގެންދަވާފައި ވާތީ އެކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމުގައި މަސައްކަތްކުރާ އެހެން ކުންފުނިތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ޝުކުރު އަދާކުރެއްވިއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، ފާއިތުވެދިޔަ ތަނުގައި ކުރިމަތިވެގެން ދިޔަ ކަންކަމުން އެނގިގެން ދިޔައީ ވިލުންވެރި މަސައްކަތްތެރި މުޖުތަމަޢެއް ބިނާކުރުމަށްވުރެ މުހިއްމު އެއްވެސް ކަމެއް ނެތްކަން ކަމަށެވެ.

އަދި ހިލޭ ޑިގްރީ ޕްރޮގްރާމާއި ވޮކޭޝަނަލް ޓްރޭނިންގ ޕްރޮގްރާމްތައް އެތައްހާސް ދަރިވަރުންނެއް ފުރިހަމަކޮށްފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ކަމެއް ނެތިފައި ނުތިބެ، ފުރުޞަތުތަކުގެ ބޭނުން ހިފައިގެން މަސައްކަތްތައް ދަންނަ މަސައްކަތްތެރި ބަޔަކަށް ވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ސެޓްފިކެޓެއް ހާސިލްވުމަކުން އަދި ނުނިމޭކަމަށެވެ. “ މަސައްކަތްތެރިކަން ދަންނަ މީހަކަށް ވުމަށް މަސައްކަތް ކުރަންޖެހޭ” ނައިބު ރައީސް ވިދާޅުވިއެވެ.

ދިރާގު " އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022" ފުރިހަމަކޮށް 15 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.

2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނައިރު، މިހާތަނަށް ޖުމްލަ 247 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް