ދުނިޔެ

ޓްރަމްޕުގެ މައްޗަށް ރޭޕްގެ ދައުވާއެއް އުފުލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ލިޔުންތެރިޔާ އީ ޖީން ކެރޮލް ގަދަކަމުން ރޭޕް ކުރި ކަމުގެ ތުހުމަތު ކޮށް އެމެރިކަގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދައުވާ ކޮށްފިއެވެ.

Ads by Sosun Fihaara

އީ ޖީން ކެރޮލް ތުހުމަތު ކުރާ ގޮތުގައި ޓްރަމްޕް އޭނާ ރޭޕްކޮށްފައި ވަނީ 1990ގެ އަހަރުތަކުގެ މެދުތެރޭގައި ނިއު ޔޯކްގެ ލަގްޒަރީ ޑިޕާޓްމަންޓް ސްޓޯރުގެ ޑްރެސިން ރޫމެއްގައެވެ.
ޓްރަމްޕް ވަނީ އެ ތުހުމަތުތައް އިންކާރު ކުރައްވާ ކެރޯލް ދޮގު ހަދަމުންދާ ކަމަށް ވިދާޅުވެފައެވެ.

ކެރޮލް ވަނީ ޓްރަމްޕާ ދެކޮޅަށް ދޮގު ހެދިކަމުގެ ދައުވާއެއް ކޮށްފައެވެ. އެ ދައުވާ އަކީ، ޓްރަމްޕް އޭނާ ރޭޕް ކުރި ވާހަކަ 2019 ވަނަ އަހަރު ހާމަ ކުރުމުން، އޭނާ ދޮގު ހަދަނީ ކަމަށް ޓްރަމްޕް ވިދާޅުވި މައްސަލައެކެވެ.

މީގެ ކުރިން ވެސް ޓްރަމްޕަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކޮށްފައިވާއިރު، ޓްރަމްޕް ވަނީ އެކަން ދޮގުކުރައްވާފައެވެ.

ޓްރަމްޕަކީ ދޮގުހެދުމާއި ކަންކަމުގެ ސައްހަނޫން މައުލޫމާތު އާއްމުކުރާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އިރު، ވެރިކަން ނިމެންދިޔަ ދުވަސްވަރު ހެއްދެވި އިތުރުފުޅުތަކާއި ގުޅިގެން އެގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިގެން ޓްވިޓަރ، ފޭސްބުކް އަދި ޔޫޓިއުބުން ވަނީ ޓްރަމްޕް ބޭރުކޮށްލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!