ޕާޓީގެ ވިޕްލައިނާ އެއްގޮތަށް ޢަމަލުކުރުމަކީ އަބަދުވެސް ޤަބޫލުކުރާ އުސޫލުކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލަކީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ. މީގެ ކުރިން އޭނާ ވަނީ އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.
މީގެ އިތުރުން އެމްޑީޕީގެ ޕީޖީ ގުރޫޕުން ކަންކަން ނިންމަވާ ކަމަށް ވިދާޅުވެ، މީގެ ކުރިން މީކާއީލް ވަނީ ޕާޓީގެ ވިޕްލައިނާ ޚިލާފަށް ވެސް ވޯޓު ދެއްވައިފައެވެ. އޭރު އޭނާ ވިދާޅުވީ ވިޕްލައިނާ ޚިލާފަށް ވޯޓުދިން ސަބަބު ޢާންމު މެންބަރުންނަށް ސާފުވާނެ ކަމަށާއި އުންމީދު ކުރައްވަނީ ޕާޓީން ވަކިނުކުރައްވާނެ ކަމަށް ކަމަށެވެ.
އެމްޑީޕީގެ ވިޕްލައިނާ ޚިލާފުވެ ނަޝީދު ފެކްޝަނުގެ ހަތް މެންބަރަކު އިއްޔެ ބަޖެޓު ފާސްކުރަން ވޯޓު ދެއްވާފައެއް ނުވެއެވެ. ނަމަވެސް މީކާއީލް ވޯޓުދެއްވީ ބަޖެޓު ފާސްކުރުމަށެވެ.
ސަރުކާރަށް ފާޑުވިދާޅުވެ މީކާއީލް މީގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވާފައިިވާ ވީޑިއޯ ކްލިޕެއް ހިއްސާ ކުރައްވައި އިބްރާހިމް ޒަރިޔަންދު ކުރެއްވި ޓުވީޓެއްގައި ވަނީ މިއަދު މީކާއީލްގެ ''ބަސްމަގު ބަދަލުވެ, ހަރަކާތުގެ އަމާޒު އޮޅުނީ'' ޢާއިލާ ބޭފުޅަކަށް ވަޒީފާއެއް ލިބިގެންތޯ އައްސަވައިފައެވެ.
ތުހުމަތުތަކަށް ރައްދު ދެއްވަމުން މީކާއީލް ވިދާޅުވީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ތުހުމަތެއް ކަމަށެވެ.
މިއަދާ ހަމައަށް ޢާއިލާގެ އެއްވެސް މީހަކަށް އަޅުގަނޑު އެދިގެން ހޯދި އެއްވެސް ސިޔާސީ/އެނޫންވެސް ވަޒީފާއެއް ނޯންނާނެކަން ވަރަށް ކެރިގެން ބުނަން.
މީކާއީލް ވިދާޅުވީ ޕާޓީގެ ވިޕްލައިނާ އެއްގޮތަށް އަމަލުކުރުމަކީ އަބަދުވެސް އޭނާ ޤަބޫލުކުރާ އުސޫލު ކަމަށެވެ.
އެއްވެސްް ވިޕްލައިންނެއްނޯންނާނެެ ރައްޔިތުންނައްް އަނިލިބޭގޮތައްް ފާސްކުރާާ ފާސްކުރުމަކައްް މާދަމާކަންނޭގެެ ތިމީހުންް ނިކުމެެ ހަޅޭފަޅޭޖަހާނީީ