Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ވިޕްލައިނަށް ޢަމަލުނުކޮށްގެން ފިޔަވަޅެއް އަޅައިފިނަމަ އެއީ ޤާނޫނާ ޚިލާފު ނިންމުމެއް: ނިޝާން

ވިޕްލައިނަށް ޢަމަލުނުކޮށްގެން ފިޔަވަޅެއް އަޅައިފިނަމަ އެއީ ޤާނޫނާ ޚިލާފު ނިންމުމެއް: ނިޝާން
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓު ފާސްކުރަން ވޯޓު ނުދެއްވާ އެމްޑީޕީގެ މެންބަރުންނަށް ފިޔަވަޅު އަޅައިފިނަމަ އެއީ ޤާނޫނާ ޚިލާފު ނިންމުމަކަށް ވާނެކަމަށް ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިިބްރާހިމް ވިދާޅުވެއްޖެއެވެ. ބަޖެޓު ފާސްކުރަން ވޯޓު ނުދެއްވާ އެމްޑީޕީގެ މެންބަރުންނަށް ފިޔަވަޅު އަޅާނެކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އަސްލަމް ވިދާޅުވެފައިިވަނީ ވިޕްލައިނާ ޚިލާފުވާ މެންބަރުންނަށް ފިޔަވަޅުއަޅަންވާނެ ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެކަމަށް ޢިޝާރަތް ކުރައްވައި ކުރެއްވި ޓުވީޓެއްގައި ވަކީލު ނިޝާން ވިދާޅުވީ ވިޕްލައިނަށް ތަބާވުން ލާޒިމުވާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށާއި ރިޔާސީ ނިޒާމެއްގައި ވިޕްލައިނަކީ އަމަލުކުރުމާ ނުކުރުން ހަމަހަމަ ކަމުގައެވެ. އަދި ވިދާޅުވީ އެފަދަ ވިޕްލައިންތަކަކީ ޤާނޫނީ ތަބީއަތު ދަންނަ ކަމެއް ނޫން ކަމުގައެވެ.
ވިޕްލައިނަށް އަމަލުނުކޮށްގެން ފިޔަވަޅެއް އަޅައިފިނަމަ އެކަން ޤާނޫނާ ޚިލާފު ބާޠިލް ނިންމުމަކަށްވާނެ.
ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން އެމްޑީޕީގެ ހަތް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. ވޯޓު ނުދެއްވާ މެންބަރުން: މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް. އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު. ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު. އަންނަ އަހަރަށް ފާސްކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަޕްލިމަންޓްރީ ބަޖެޓުގެ ގޮތުގައި ފާސްކުރީ 5.8 ބިލިއަން ރުފިޔާއެވެ. އެ ގޮތަށް ފާސްކުރަން 61 މެންބަރަކު ތާއީދު ކުރެއްވިއެވެ. އޭގެތެރޭގައި ރައީސް މުޙައްމަދު ނަޝީދު ފަޅީގައި ކުރިން ހުންނެވި މެންބަރު މީކާއީލް ނަސީމް ހިމެނިވަޑައިގަންނަވައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް