Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އޮރިޔާމުން މާލެ މަގުމަތީގައި އިއްޔެ އުޅުނީ ނަފްސާނީ ބަލި މީހެއް: ފުލުހުން

މާލޭގެ ތާޖުއްދީން ސްކޫލް ސަރަހައްދުގައި އިއްޔެ އޮރިޔާމުން އުޅުނީ ނަފްސާނީ ބަލި މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

"ދެން"އަށް މަޢުލޫމާތު ދެމުން ފުލުހުން ވިދާޅުވީ މާލެ ކަނބާ އައިސާ ރަނި ހިނގުމުގައި ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން ބިދޭސީ އަންހެނަކު ހުރިކަން ފުލުހުންގެ ސަމާލުކަމަށް އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އައިސްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އޭނާ އަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށާއި އެކަމުގައި ފުލުހުންނާ ކަމާގުޅުންހުރި އިދާރާތަކުގެ ބަލުމުގެ ދަށުން އޭނާގެ ސްޕޮންސަރާ ހަވާލުކޮށްފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އަދި މިވަގުތު އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކަމަށާއި އޭނާ އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަން ޖެހޭ ކަންތައްތައް އޭނާގެ އާއިލާއާ ސްޕޮންސަރުންނާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ އޭނާގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް