ޚަބަރު ޝަރުޢީ ދާއިރާ

ދެ މެޖިސްޓްރޭޓެއްގެ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމަވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ދެ މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމަވައިފިއެވެ.

Ads by Hajj Corporation

ޖޭއެސްސީން ބަލަން ނިންމެވީ ސ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ހާޝިމާއި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ޠާހިރުގެ މައްސަލައެކެވެ.

އެ ކޮމިޝަނުން މިއަދު ވިދާޅުވީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމެވުމަށް ބޭއްވެވި މައްސަލައަކަށްފަހު, އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދު ޢަމަލުކޮށްފައިވާކަމަށް ބެލެވޭތީ މި އަހަރުގެ މާޗުމަހުގެ ދެވަނަ ދުވަހު ތަޙްޤީޤު ކުރައްވަން ފެއްޓެވި މައްސަލައިގެ ތަޙްޤީޤުގެ ތެރެއިން މެޖިސްޓްރޭޓް ހާޝިމާއި ޒިޔާދާ ވެސް މި ތުހުމަތުގައި ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކުރައްވާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން މިދިޔަ މަހުގެ 27 ވީ އާދީއްތަ ދުވަހު ބޭއްވި ކޮމިޝަނުގެ 85 ވަނަ ޖަލްސާގައި މި މައްސަލަ ބެއްލެވުމަށް ނިންމަވައި ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

  1. ޖޭއެސްސީން ކޮންމެސް މަސައްކަތެއް ކުރާކަން ވެސް ރައްޔިތުންނަށްވެސް އަންގަންވާނެތާ !