ޚަބަރު އިޖުތިމާޢީ

އަރުވާލެވިގެން 18 އަހަރު ހުރުމަށްފަހު ސިއްކަ އަހުމަދު މާލެއަށް!

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސްރީލަންކާގައި އަމިއްލައަށް އަރުވާލެވިގެން 18 އަހަރު ހުރުމަށްފަހު ސިއްކަ އަޙްމަދު އިސްމާޢީލް އިއްޔެ ރާއްޖެ އަތުވެއްޖެއެވެ.

Ads by Sosun Fihaara

އެނގިފައިިވާ ގޮތުން ބޮޑު ސިއްކަ މާލެ އައީ އަންހެނުންގެ ސިއްހީ ހާލު ދެރަވެގެންނެވެ.

މ .ދީފްރަމްއާގޭ ބޮޑު ސިއްކައަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ބައްޕާފުޅެވެ.. އަދި އޭނާއަކީ ރައްޔިތުން މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ބޮޑުބޭބެފުޅެވެ.

ބޮޑު ސިއްކަ ލަންކާއަށް ދިރިއުޅުން ބަދަލުކުރީ 2000 ގެ ކުރީކޮޅު ރާއްޖޭގެ ސިޔާސީ މައިދާން ހަލަބޮލިވުމާ ގުޅިގެންނެވެ.

ބޮޑު ސިއްކައަކީ 1988 އަހަރު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގެ ބައިވެރިއެއް ކަމަށް ސާބިތުވެފައިވާ މީހެކެވެ. ދިވެހިންގެ ބަޔަކާއި ލަންކާގެ ޓެރަރިސްޓު ޖަމާޢަތަކާ ގުޅިގެން ދިން އެ ހަމަލާގައި 19 ދިވެހިން  ޝަހީދުވިއެވެ.

ނޮވެންބަރު 3ގެ ހާދިސާގައި ބޮޑު ސިއްކައަށް ހުކުމް ކުރަނީ

އެ ހަމަލާގައި ބައިވެރިވިކަން ސާބިތުވެ، އޭނާގެ މައްޗަށް ބޮޑު ޙުކުމެއް ކުރި ނަމަވެސް ފަހުން ރައީސް މައުމޫނު އޭނާއަށް މާފު ދެއްވާފައެވެ.

މިއަހަރު ނަޞްރުގެ ދުވަހާއި ގުޅިގެން، ރައީސް ނަޝީދު ވަނީ ބޮޑުބޭބޭފުޅު ދިފާއު ކުރައްވާފައެވެ. އަދި އޭނާއަށް އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތްމައްޗަށް ގެނައި ކަމަށާއި، އޭނާ އަތުން ނެގި އިއުތިރާފް ބަޔާނަކީ ބޮޑު އޮޅުވާލުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!