Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާފުށި ޖަލު ބަލައި ފާސްކުރަނީ

މާފުށި ޖަލު ބަލައި ފާސްކުރަނީ

މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފައްޓަވައިފިއެވެ.

ފުލުހުން ވިދާޅުވީ  ޖަލަށް މަނާ ތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ ޢަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން މާފުށި ޖަލު ބަލައި ފާސްކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަން ސަރވިސް އިން އެދިވަޑައިގެންފައިވާ ކަމަށެވެ.

ފުލުހުންނާއި ސިފައިން އަދި މޯލްޑިވްސް ކަރެކްޝަން ސާވިސް ގުޅިވަޑައިގެން މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަން ފެށީ ރޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.

Advertisement
Ooredoo — Square (box)

މިފަދަ އޮޕަރޭޝަނެއް ފެށިއިރު ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކުރެވިގެން ފުލުހުންނާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަރެކްޝަންސްގެ އޮފިސަރެއް މަސްތުވާތަކެއްޗާއި އެކު ދާދިފަހުން ވަނީ ހައްޔަރުކޮށްފައެވެ.

ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް ކަރެކްޝަންސް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް