Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޗާގޮސް މައްސަލައާ ގުޅޭގޮތުން ފުލުހުންނަށް މަޢުލޫމާތު ދެއްވައިފި

ޗާގޮސް މައްސަލައާ ގުޅޭގޮތުން ފުލުހުންނަށް މަޢުލޫމާތު ދެއްވައިފި

ޗާގޮސް މައްސަލައާ ގުޅޭގޮތުން ފުލުހުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި އިއްޔެ ކުރިއަށް ގެންދިޔަ މިސެޝަނުގައި މައުލޫމާތު ދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢަބްދުﷲ ޝާހިދު، އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތުއެވެ.

މި ސެޝަނަކީ ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު މިހާރު ކުރިއަށްދާ މައްސަލައާ ގުޅޭގޮތުން ދިވެހި ފުލުހުންނަށް މައުލޫމާތުދިނުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމެވުމާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

Advertisement
Allied — Dhen Online (box)

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ މި ސެޝަނުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިސް ބައެއް ވެރިންވެސް ބައިވެރިވެލެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް