Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖެއިން އަބަދުވެސް ސާކް ޗާޓަރގެ އަސާސްތައް ދަމަހައްޓާނެ: ރައީސް

ރާއްޖެއިން އަބަދުވެސް ސާކް ޗާޓަރގެ އަސާސްތައް ދަމަހައްޓާނެ: ރައީސް

ސަރަޙައްދީ އެއްބާރުލުމާއިއެކު ހުރިހާ ފަރާތްތަކަށް ސުލުޙަ މަސަލަސްކަމާއި ހަމަޖެހުން އޮންނާނެ ގޮތަށް ޢަމަލުކުރުން މުހިންމު ކަމަށާއި، ރާއްޖެއިން އަބަދުވެސް ސާކް ޗާޓަރގެ އަސާސްތައް ދަމަހައްޓާނެ ކަމަށް  ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރާ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުވި ތަހުނިޔާގެ މެސެޖުގައެވެ.

އެމަނިކުފާނުގެ މެސެޖުގައި ސާކަށް 38 އަހަރު ފުރުމުގެ މުނާސަބަތުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލް، އެސަލަ ރުވަން ވީރަކޫން އަށާއި، ސާކްގެ މުވައްޒަފުންނަށާއި، ސާކް ގެ މެންބަރު ޤައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

Advertisement
Ooredoo — Square (box)

ރައީސް ޞާލިހް ވިދާޅުވީ ސަރަހައްދީ އެއްބާރުލުމާއި އެކު ހުރިހާ ފަރާތްތަކަށް ސުލުހަ މަސަލަސް ކަމާއި ހަމަޖެހުން އޮންނާނޭ ގޮތަށް އަމަލުކުރުމުގެ މުހިއްމުކަން، ރާއްޖެއިން ފާހަގަކުރާ ކަމަށާއި އަދި ސާކް ޗާޓަރގެ އަސާސްތައް ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓާނޭކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ސާކްގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮތް ޒަމާންވީ ވިޔަފާރިއާ ޘަޤާފީ ގުޅުންތަކާ، ބޭނުން ޖެހޭ ދަނޑިވަޅުތަކުގައި، އެހީތެރިވުމުގައި ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް