މިއަދުގެ ކުއްލި މަރު: ތުހުމަތު ކުރެވޭ ފިރިމީހާ އަމިއްލައަށް ފުލުހަށް

ނޮޅިވަރަމްގައި މަރުވެފައި އޮއްވައި ފެނުނު، 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ފިރިމީހާ އދ. ފެންފުށީ، ފައިސަލް އަލީ، އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މިހާރު ހުރީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައެވެ.
ނިޝާމާގެ މަރާއި ގުޅިގެން ޝައްކު ކުރެވިފައިވަނީ އޭނާގެ ފިރިމީހާއަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސަލްއަކީ މަސްތުވާތަކެތީގެ ރިކޯޑް އޮންނަ ފަރާތެކެވެ. ނިޝާމާގެ ތިން ދަރިން ތިބޭއިރު، ކައިވެނިކޮށްގެން އެ ދެމީހުން ކުރިން ދިރިއުޅެމުން އައީ ފެންފުށީގައެވެ. ނޮޅިވަރަމްއަށް ބަދަލުވީ މިއަހަރުގެ ތެރޭގައެވެ.
https://dhen.mv/169792





.jpeg?prefix=media)

ކޮމެންޓް