ޚަބަރު ސިޔާސީ

އެމްއާރްއެމުން އެދުނީ ކޮރަޕްޝަން ހުއްޓުވުމުގައި ފަހަތުފަޔަށް ބުރަ ނުވުމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން

ކޮރަޕްޝަން ހުއްޓުވުމުގައި ފަހަތު ފަޔަށް ބުރަ ނުވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރްއެމް) އިން ގޮވައިލައިފިއެވެ.

Ads by Sosun Fihaara

އިއްޔެ އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ، ކުރީ ސަރުކާރުގައި ކޮރަޕްޝަން ހިންގި މީހުންނަށް އަދަބު ދީފައިނުވާތީ، އެކަން ފާހަގަކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްއާރުއެމް އިން ބުނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކުރާ ކޮންމެ ކަމަކީ ވެސް އެފަދަ ޢަމަލުތައް ކަން ދައުލަތުގެ މުއައްސަސާތަކުން ޤަބޫލު ކުރަންޖެހޭ ކަމަށެވެ. އެގޮތުން، ސަރުކާރުގެ އިސް ފަރާތެއް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނުވަތަ ނުފޫޒުގަދަ އެހެން ފަރާތެއްގެ އެހީ އާއި ނުލައި މިއަދުވެސް އާސަންދަ އާއި އެންސްޕާއިން ޚިދުމަތް ކަށްވަރު ކުރަން ދަތިކަން ރައްޔިތުން ގަބޫލުކުރާ ކަމަށާއި ބޯހިޔާވަހިކަމާއި ވަޒީފާއަކީ ވެސް ވަކި މީހަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ބާރު ލިބިގެން ނޫނީ ނުކުރެވޭނެ ކަމެއްކަން ވިސްނައިދޭ މީހުން އެބަތިބިކަމަށް ވަނީ ބުނެފައެވެ.

އެ ބަޔާނުގައި އެމްއާރުއެމް އިން ގޮވާލާފައިވަނީ ކޮރަޕްޝަންގެ އަމަލުތައް ބަލައި، ފިޔަވަޅު އެޅުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަހަތު ފަޔަށް ބުރަނުވެ މަސައްކަތް ކުރުމަށެވެ.

އަދި ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން ކުރާ މަސައްކަތުގައި އެ ޕާޓީން އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!