ޚަބަރު

ނޮވެމްބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 81.6 މިލިއަން ރުފިޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 81.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

Ads by MWSC

މީރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖަނަވަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި 7 މިލިއަން ރުފިޔާ އަދި ފެބްރުއަރީ މަހު 2.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މާޗުގައި 5.9 މިލިއަން ރުފިޔާ ލިބިފައިވާއިރު އޭޕްރީލް މަހު މުދަލު ޒަކާތުގެ ގޮތުގައި 22.7 މިލިއަން ރުފިޔާ ލިބުނެވެ. މޭ މަހުގައި ލިބިފައިވަނީ 4.5 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ޖޫން މަހު 6.3 މިލިއަން ރުފިޔާ އަދި ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 4.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފާއިތުވީ 4 މަސްދުވަހުވެސް މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ދަށަށް ގޮސްފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މުދަލު ޒަކާތް ދައްކާ މިންވަރު މަހުން މަހަށް ދަށްވަނީ، އެއީ އާއްމުކޮށް ވިޔަފާރިއަށް އަހަރު ހަމަވުމުން ދައްކާ ފައިސާއެއް ކަމުގައިވާތީއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!