ދުނިޔެ

ޗައިނާގެ ސަފީރު އީރާނުގެ މިނިސްޓްރީއަށް ހާޒިރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން އީރާންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އީރާންގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ.

Ads by Sosun Fihaara

އީރާނުން ޗައިނާގެ ސަފީރަށް ހާޒިރުކޮށްފައިވަނީ، ދެބަސްވެފައިވާ ތިން ރަށެއްގެ މަސްއޫލުވެރިކަމާއި ގުޅޭގޮތުން، އަރަބި ދައުލަތްތަކާ އެކު ބެއިޖިން އިން ޖޮއިންޓް ސްޓޭޓްމަންޓެއް ނެރުމާ ގުޅިގެންނެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން މިދިޔަ ހުކުރު ދުވަހު އީރާނުގެ ވާދަވެރި ސައުދީ އަރަބިއްޔާއަށް ކުރެއްވި ޒިޔާރަތުގައި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ގައުމުތަކުގެ ވެރިންނާ ވެސް ބައްދަލު ކުރެއްވިއެވެ.

ޗައިނާއާއި އަރަބި ބައެއް ޤައުމުތަކާއި ގުޅިގެން ނެރުނު ބަޔާނުއްގައި އީރާނުގެ ދާޚިލީ ކަންކަމާއި އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާއި ސަރަހައްދީ ހަރަކާތްތަކާ ސީދާ ގުޅޭ ގިނަ މާއްދާތަކެއް ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި އެއް މައްސަލައަކީ 1971 ވަނަ އަހަރުން ފެށިގެން އީރާނުގެ ބާރުގެ ދަށުގައި އޮތް ހޮރްމޫޒް ކަނޑުއޮޅިގެ ތިން ރަށް ކަމަށްވާ ގްރޭޓާ ޓުންބް، ލެސަރ ޓުންބް އަދި އަބޫ މޫސާގެ މިލްކުވެރިކަމުގައި ޗައިނާއިން އެކުވެރި އަރަބި އިމާރާތުގެ ބަޔަށް އެރުމެވެ. ޔޫއޭއީ އިން އަބަދުވެސް މި ތިން ރަށަށް މިލްކުރެވިކަމަށް ދައުވާކުރެއެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބައިލެޓަރަލް މަޝްވަރާތައް ކުރުމަށާއި، ބައިނަލްއަގްވާމީ ސައްހަކަމާ އެއްގޮތްވާ ގޮތުގެ މަތިން މި މައްސަލަ ހައްލުކުރުމަށް ޗައިނާއިން ވަނީ ގޮވާލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!