ޚަބަރު ސިޔާސީ

މެންބަރުން ހަމަނުވެގެން ޖާބިރުގެ ޑީއާރްޕީ އުވައިލަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޤާނޫނުގައި ބުނާ ޢަދަދަށް މެންބަރުން ހަމަނުވާތީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވައިލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމަވައިފިއެވެ.

Ads by Sosun Fihaara

ޤާނޫނުގައި ބުނާ 3000 މެންބަރުން ހަމަކުރުމަށް މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު އީސީން ޑީއާރްޕީއަށް ތިން މަސް ދުވަސް ދެއްވިއެވެ.

ނަމަވެސް އެ މުއްދަތުގައި އެ އަދަދު ހަމަކުރެވިފައިނުވާތީ އީސީން ޑީއާރްޕީ އުވައިލަން ނިންމެވީ މި މަހުގެ އެއްވަނަ ދުވަހު ބޭއްވެވި ޖަލްސާގައެވެ.

އެހެންވެ އުވައިލުމަށް ކުރަންޖެހޭ މަސައްކަތް އީސީން ވަނީ ފަށްޓަވާފައެވެ.

ޑީއާރްޕީގައި މިހާރު ތިބީ 2600 އެއްހައި މެންބަރުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!