Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހުޅުމާލެ އަރާ ސަރަހައްދުގައި ކާރެއް ފުރޮޅާލައިފި

ހުޅުމާލެ އަރާ ސަރަހައްދުގައި ކާރެއް ފުރޮޅާލައިފި

ބްރިޖުން ހުޅުމާލެ އަރާ ސަރަހައްދުގައި ކާރެއް ފުރޮޅާލައިފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ އެމްޑަބްލިއުއެސްސީއާ ދިމާލުން ހައިވޭ ކައިރިން ކާރެއް ފުރޮޅާލާ އެކްސިޑެންޓެއް ވެގެން އުޅޭ ކަމުގެ މަޢުލޫމާތު މިރޭ 22:30ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދަށް ފުލުހުން ދިޔައިރު ކާރުގައި ދުއްވަން އިން 45 އަހަރުގެ ފިރިހެނަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް