ނިޝާމާގެ ފިރިމީހާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި

ހދ. ނޮޅިވަރަމްގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ އަބޫބަކުރު ފައިސަލް ފުލުހުންގެ ބަންދު ގޮޅީގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ނިޝާމާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ފައިސަލް، ބަންދުކޮށްފައި ހުރި ތަނުގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރަނިކޮށް މިރޭ 23:15 އެހާކަންހާއިރު ފުލުހުންނަށް ފެނިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ފައިސަލް މިވަގުތު ފަރުވާ ހޯދަމުން ދަނީ އައިސީޔޫގައި ކަމަށާއި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް އެޗްއާރްސީއެމް އާއި އެންއައިސީ އަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.





.jpeg?prefix=media)

ކޮމެންޓް